ނުލިބޭ ބާރެއް ބޭނުން ކުރާތީ ނަޝީދު ޚުދުމުހުތާރޭ ބުނަނީ: ރޮޒޭނާ

ނުލިބޭ ބާރެއް ބޭނުން ކުރާތީ ނަޝީދު ޚުދުމުހުތާރޭ ބުނަނީ: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2022 08:23
0

މަޖިލިސް ރައީސް ޚުދުމުހާރުކަމަށް ބުނަން ޖެހެނީ މަޖިލިސް ރައީސްގެ ގޮޑިކޮޅުގައި އިންނަވައިގެން ލިބިގެން ނުވާ ބާރެއް ބޭނުން ކުރައްވަމުންދާތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭނާ މިހެން ވިދާޅުވީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މުޅި މަޖިލިސް ކޮމެޓީގައި މެމްބަރުން ދައްކަވާ ގިނަ ބާކައިގެ ތެރެއަށް މަޖިލިސް ރައީސް ނަޝީދު ކޮމެޓީގެ މުޤައްރިރަކަށް އިންނަވައިގެން ވާހަކައިގެ ތެރެއަށް ވަންނަވައި ހުރަސް އަޅާތީ އެކަމަށް ނުރުހުން ފާޅުކޮށް ކުރެއްވި ޓުވީޓުތަކެއްގައެވެ.

ޓެކްސްގެ ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވި ގިނަ މެމްބަރުންގެ ބަހުސްގެ ތެރެއަށް ނަޝީދު ވަނީ ވަންނަވައި ވާހަކަތަކުގައި ހަގީގަތާއި ހިލާފް ވާހަތަކެއް ދެކެވޭކަމަށް ވިދާޅުވެ ހަގީގަތް ހާމަކޮށްދޭން މަަސައްކަތް ކުރައްވާފައެވެ. މިގޮތުން ރޮޒޭނާ ވަނީ ޓެކްސްއަށް ގެންނަ ބަދަލާއިއެކު ކޮންމެ 1000 ރުފިޔާއަކުން ޓެކްސްގެ ގޮތުގައި ނެގެނީ 80 ރުފިޔާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ މިއީ މިހާރު ނަގަމުންދާ އަދަދަށްވުރެ އެންމެ 20 ރުފިޔާގެ މަތިވުމެއްކަމަށެވެ. ރޮޒައިނާ ވިދާޅުވީ ސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީއާއި ހެޔޮ ބަދަލުތަކަށް ހުރަސް އެޅެން ބޭނުން ނުވާކަމަށެވެ.

ރޮޒޭނާގެ ވާހަކަ މެދު ކަނޑުވައްވާލައްވައި ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. މިކަމާއި ހިންތަމަ ނުޖެހުން ރޮޒޭނާ ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް ސާފްކޮށްދޭން މަސައްކަތް ކުރުމުން ރައީސް ނަޝީދު އުޅެނީ ކަންކަން އޮޅުވާލަން ކަމަށެވެ.

އަޅުގަނޑުގެ ފުރުސަތުގެ މެދުން ވާހަކަ ދައްކާ ސީދާ ސައްޚަ އަދަދު ތަކެއް ރައްޔިތުންނަށް އޮޅުވާލަން މަޖިލިސް ރައީސް މަސައްކަތް ކުރެއްވީ. ހަމަ ހިތްހަމަ ނުޖެހޭ ވާހަކައެއް ބުނާއިރަށް ބާރުގެ ބޭނުންކޮށް މައިކް ކަނޑާލަނީ. މިހެންވެ ހުދުމުހުތާރޭ ބުނަނީ.

– ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާ ވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ބައެއް އެހެން މަޖިލިސް މެމްބަރުން ވާހަކަ ދައްކަވަނިކޮށްވެސް ހުއްޓުވާފައެވެ. އޭނާ ވިދާޅުވީ މަޖިލިސް މެމްބަރުން ދައްކަވާ ވާހަކައިގެ ތެރެއަށް މަޖިލިސް ރައީސް ކޮންމެ ފަހަރަކު އަގަކޮށްޕައި ވާހަކަ ދެއްކުމަކީ ލިބިގެންވާ ބާރެއް ނޫންކަމަށެވެ.

ވަޒީރު ރައްޔިތުންނަށް ކަމެއް ސާފުކޮށްދެއްވުމަށް މަސައްކަތް ކުރައްވަން ފައްޓަވާއިރަށް އެކަމަށް ހުރަސް އަޅުއްވާ ހުރިހާ މެމްބަރުންގެ ހިތުގައި އޮތް ސުވާލު ކިޔައިދީ، ހުރިހާ މެމްބަރުން އޭގެން ބޭނުންވާ އެއްޗެހި އަމިއްލައަށް އެނގިގެން ސުވާލު ކިޔާ ސީދާ މަޖިލިސް ގަވާއިދާ ޚިލާފަށް މިހިރަ ޢަމަލު ކުރަނީ.

– އަމީރުގެ ވާހަކަ މެދު ކަނޑުއްވާލައްވާ މަޖިލިސް ރައީސް ދެއްކެވި ވާހަކަ ހިއްސާ ކުރައްވާ ރޮޒޭނާ ވިދާޅުވިއެވެ.

ގިނަ މެމްބަރުން ތަކެއް ވަނީ މިއަދުގެ މުޅި މަޖިލިސް ކޮމެޓީ ރައީސް ނަޝީދު ގެންދެވި ގޮތަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ކޮމެޓީން ފާސް ކުރުމެއްނެތި ބައެއް ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވަނީ މެމްބަރުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ޢަމަލުކުރަމުން އަންނަ ގަވާއިދުގައި ބަޔާންކޮށްފައިވަނީ، މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމެޓީއަކުން ބޭނުންވެގެން ހޯދާ ލިޔުމެއް ނުވަތަ ހާޒިރުކުރަން ޖެހޭ މީހަކު މަޖިލީހަށްވެސް އަދި ކޮމެޓީއަށްވެސް ހާޒިރު ކުރެވޭނީ ކޮމެޓީގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ކުރާ މީހުން ހާޒިރު ކުރެވޭ އުސޫލުތަކާއި، ދޭންޖެހޭ މުއްދަތާއި އަމަލު ކުރަންޖެހޭ ގޮތްތަކަށްވެސް މިގަވާއިދުގައި ތަފްސީލްކޮށް ބަޔާން ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ސޯލިހަށްއޮތީތަގައުވިއްކުމުގެބާރު ރޮޒޭނާނޭގޭއިރު އެހެންމީހުނަށްބވަނީ