ދެ މަންޒަރާ، ލަވައެއް ކުޅެން ފިލްމަކަށް ސޮއެއް ނުކުރާނަން: ރަކުލް

ދެ މަންޒަރާ، ލަވައެއް ކުޅެން ފިލްމަކަށް ސޮއެއް ނުކުރާނަން: ރަކުލް

Author
ފާތިމަތު ނާވީ
26 އޮކްޓޯބަރ 2022 07:14
0

ކުދި ކުދި ރޯލުތައް ކުޅުމަށް އެއްވެސް ޝައުގެއް ނެތް ކަމަށާއި ދެ މަންޒަރާއި ލަވައެއް ކުޅުމަށް ފުރުސަތު ލިބުނަސް ފިލްމަކަށް ސޮއި ނުކުރާނެ ކަަމަށް ބޮލިވުޑްގެ ބަތަލާ ރަކުލް ޕްރީތު ސިންގް ބުނެފިއެވެ.

ބޮލީވުޑްގެ އިތުރުން ޓެމިލް، ޓެލުގޫ އަދި ކަންނާޑާ ފިލްމު އިންޑަސްޓްރީގައި ވެސް ނަން ހިނގާ ރަކުލް ބުނީ އޭނާއަށް ފިލްމަކުން ކުޑަ މަންޒަރެއް ލިބުނަސް ކުޅެން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ އަށް ލިބޭ ރޯލަކީ ފިލްމަށް ކިހާ މުހިންމު އަދި އޭނާގެ އެކްޓިންގް ހުނަރު ދައްކައި ލެވޭ ވަރުގެ ރޯލެއްތޯ ބަލާނެ ކަމަށެވެ.

"ދެމިނެޓަށް ފެނިލުމަށް ފިލްމަކަށް ސޮއެއް ނުކުރާނަށް. އަހަރެން ކުޅޭ ރޯލަކީ ފިލްމު ގައި މުހިންމު ރޯލަކަށް ވާން ޖެހޭނެ. އަދި ހަމަ އެއާއިއެކު އެ ރޯލަކީ ބޮޑު ރޯލަކަށް ވާން ޖެހޭނެ. އަހަރެންނެއް ގަބޫލެއް ނުކުރަން ދެ މަންޒަރުން އަހަރެންގެ އެކްޓިންގ ހުނަރު ދައްކާ ލެވި ދާނެ ކަމަކަށް." – ރަކުލް

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރަކުލް ބުނެފައި ވަނީ ކުޅޭ ރޯލަކީ ކޮންކަހަލަ ރޯލެއްތޯ އޭނާ ވަރަށް ބޮޑަށް ބަލާކަމަށެވެ. އަދި ހަަމަ ކޮންމެ ކޮންމެ ފުރުސަތެއްގެ ބޭނުން ނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

ރަކުލް ބޮލީވުޑަށް ތައާރަފް ވީ 2014 ވަނަ އަހަރުގެ ފިލްމް "ޔާރިޔާން" އިންނެވެ. އެ ފިލްމުގައި އޭނާ ދެއްކި އެކްޓިންގެ ސަބަބުން އޭނާ އަށް ބޮލިވުޑުން ގިނަ ފުރުސަތުތަކެއް ލިބެން ފެށިއެވެ.

މިއަހަރުގެ މިހާތަނަށް ވެސް ވަނީ އޭނާގެ 5 ފިލްމެއް ރިލީޒް ކޮށްފައެވެ. އެއީ "އެޓޭކް"، "ރަންވޭ 34″، "ކަޓްޕުތުލީ" އަދި "ޑޮކްޓަރު ޖީ" ގެ އިތުރުން އިއްޔެ ރިލިޒް ކުރި ފިލްމު "ތޭންކް ގޯޑް"އެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

ރަލުކް މިހާރު މަސައްކަތް ކުރަމުން އަންނަނީ ބޮލީވުޑް ގެ އޭލިސްޓް ގެ ތަރިންނާއި އެކުގައިއެވެ. އަދި ސައުތު އިންޑަސްޓްރީއެކޭ އެއްފަދައިން އޭނާ ވަނީ ބޮލީވުޑްގައި ވެސް ކާމިޔާބު ފިލްމް ތަކެއްގައި މަސައްކަތް ކޯށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.