ޝުރްތީއަށް ހޮލީވުޑް ފިލްމަކުން ފުރުސަތު

ޝުރްތީއަށް ހޮލީވުޑް ފިލްމަކުން ފުރުސަތު

Author
ފާތިމަތު ނާވީ
24 އޮކްޓޯބަރ 2022 08:58
0

އިންޑިއާގެ މަޝްހޫރު ބަތަލާ ޝުރްތީ ހަސަން އަށް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ޝުރްތީ އަކީ އިންޑިއާގައި ވެސް ބޮލީވުޑަށް ވުރެ ސައުތުގެ އިންޑަސްޓްރީގައި މަޝްހޫރު އަދި ކާމިޔާބު ތަރިއެކެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ކަމާލް ހަސަންގެ ދަރިފުޅު ޝުރްތީގެ ހޮލީވުޑްގެ ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ ޖޯންރާގެ "ދި އައި" އެވެ. ޝުރުތީއާއެކު މީގެ ފިރިހެން ލީޑް ރޯލުން ފެންނާނީ ޓީވީ ސީރީޒް "ދަ ލާސްޓް ކިންގްޑަމް" ގެ ރޯލަކުން ފެނުނު މާކް ރޯލީއެވެ.

ޝުރްތީ ވަނީ މި ޚަބަރު އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޔަގީން ކޮށްދީފައެވެ. ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "ޑެޑްލައިން"ގެ އާޓިކަލެއްގެ ސްކްރީންޝޮޓާ އެކުއޭނާ ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އަދިވެސް ގަބޫލު ކުރަން ދަތިވެފައި ވާކަމަށާއި ނަމަވެސް އެ ފިލްމުގެ ޓީމަކީ ވަރަށް ބަރާބަރު ޓީމްއެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Shruti Haasan (@shrutzhaasan)

މި ފިލްމުގެ ޑައިރެކްޓަރަކީ 2013 ވަނަ އަހަރު ދެއްކި ޑޮކިއުމަންޓްރީ ފީޗަރ "ޗިލްޑްރެން އޮފް ދަ ވިންޑް" ގެނެސްދިން ޑެފްނީ ޝްމަންއެވެ. ހޮލީވުޑްގެ ފީޗަރ ފިލްމަކުން ފުރުސަތު ލިބުނު އިރު 2019 ވަނަ އަހަރު ދެއްކި ހޮލީވުޑްގެ ސީރީޒް "ޓްރެޑްސްޓޯން" ގެ ރޯލެއް ވެސް ޝުރުތީ ވަނީ ކުޅެފައެވެ.

36 އަހަރުގެ އެކްޓަރ ޝުރްތީ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި 2009 ގެ "ލަކް"، 2013 ގެ "ޑީ-ޑޭ" އާއި އެ އަހަރުގެ "ރަމަޔާ ވަސްތާވަޔާ" އަދި 2015 ގެ "ވެލްކަމް ބެކް" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ޕަވާ" އެވެ.

 

View this post on Instagram

 

A post shared by Shruti Haasan (@shrutzhaasan)

ޝުރްތީ އަކީ ސައުތުގެ އިންޑަސްޓްރީގައި ވަރަށް ވަރުގަދަ ނަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.