ސައުތުގެ ސިނަމާގައި އެންމެ ކާމިޔާބު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ގެ ކުރިއަށް އޮތް ފިލްމް ގެ ލީޑު ބަތަލާގެ ރޯލަށް ދީޕިކާ ޕަދުކޯން ހަމަޖެހިފައި ވާކަމަށް ހަބަރުތަށް ބުނެފިއެވެ.
ބޮކްސް އޮފީހުގައި ބޮޑު ހިޓަކަށްވި ދެ ފިލްމު ކަމަށްވާ "އާރްއާރްއާރް" އަދި "ބަހޫބާލީ" ޑައިރެކްޓަރު އޭނާގެ އައު ފިލްމް އިއުލާން ކުރީ ލީޑު ރޯލުން ސައުތުގެ ކާމިޔާބު އެކްޓަރު މަހޭޝް ބާބޫ އާއި އެކުގައިއެވެ.
އެހެން ކަމުން މި ފިލްމް އަކީ މަހޭޝް އާއި ދީޕިކާ އެކުގައި ފެނިގެންދާނެ އަލަތު ފިލްމްއެވެ. އަދި ގިން ބަޔަކު މިހާރުން ސުރެވެސް މި އޮންސްކްރީން ކަޕުލް ގެ އިންތިޒާރުގައި އެބަތިއްބެއެވެ.
މި ފިލްމަކީ ހަޤީޤީ ހާދިސައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.ރާޖަމޯލީގެ އާ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔަނީ އޭނަ އާއި ބައްޕަ ކޭވީ ވިޖަޔަންދުރަ ޕްރަސާދު ގުޅިގެންނެވެ. ރާޖަމޯލީ ޑައިރެކްޓްކުރި ގިނަ ފިލްމުތަކުގެ ސްކްރީން ރައިޓަރަކީ ވިޖަޔަންދުރަ އެވެ.
ފިލްމް އާއި ބެހޭގޮތުން އަދި މާގިނަ މައުލުމާތެއް ހާމައެއް ނުކުރެއެވެ. އަދި މި ފިލްމަށް ވަގުތީ ގޮތުން ދީފައިވާ ނަމަކީ "އެސްއެސްއެމްބީ29″ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ވަރަށް ގްރޭންޑްކޮށް، ބޮޑު ބަޖެޓަކުން ރާޖަމޯލީ ހަދަން ނިންމާފައިވާ އާ ފިލްމަށް ސޮއިކޮށްފައިވާކަށް ކަށަވަރުކޮށްދީ މަހޭޝް ބުނީ މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި ރާޖަ މޯލީ އާއި އެކުގައި މަސައްކަތް ކުރަން ފުރުސަތު ލިބޭނީ ނަސީބު ވެރިއަކަށް ކަަމަށް ވެސް އޭނާ ވަނީ ބުުނެފައިއެވެ.
ރާޖަމޯލީ އަކީ މި ވަގުތު އިންޑިއާގައި ހުރި އެންމެ ވަރުގަދަ ޑައިރެކްޓަރެވެ. ކޮންމެ ތަރިއަކުވެސް އޭނާ އާއި އެކުގައި މަސައްކަތް ކުރުމަށް ހުންނަނީ ކެތް މަދުވެފައިއެވެ. ނަމަވެސް އެފުރުސަތު ލިބެނީ ވަރަށް ނަސީބު ގަދަ ތަރިންނަށެވެ. ކާމިޔާބު އެތަށް ފިލްމް އެއް ގެނެސްދީފައިވާ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމް އަކީ އާރްއާރްއާރް" އެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުގެ ކާސްޓުގައި ހިމެނެނީ ދެކުނު ދެ ތަރިން ކަމަށްވާ ޖޫނިއާ އެންޓީއާރް، ރާމް ޗަރަން، އަދި އާލިއާ ބަޓްއެވެ.
ކޮމެންޓު ފޮނުވާ