މިރޭގެ މެޗު ފަަސޭހައެއް ނުވާނެ: ޓުޗެލް

މިރޭގެ މެޗު ފަަސޭހައެއް ނުވާނެ: ޓުޗެލް

ގުޅުންހުރި

ފްރާންސް ލީގުގައި މިރޭ މޯނާކޯއާ ދެކޮޅަށް ނުކުންނައިރު އަބަދުވެސް ލީގުގައި އެންމެ އުނދޫމެޗަކީ މިއީކަމަށް ފްރާންސްގެ ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ޓުޗެލް ބުނީ އަބަދުވެސް މޮނާކޯ މެޗަކީ ލީގުގައި އުނދަގޫތަކެއް އެޓީމަށް ދިމާވާ މެޗެއްކަމަށާއި އެހެންކަމަން މިރޭގެ މެޗުވެސް ފަސޭހަނުވާނެ ކަމަށެވެ. އޭނާ ބުނީ ހަމައެކަނި މިމެޗާމެދު ވިސްނެން ނެތްކަމަށާއި މިހަފްތާގައި ޗެމްޕިއަންސް ލީގުގައި ލީޕްޒިގް މެޗާމެދު ވިސްނަން ޖެހިފެވާކަމަށެވެ.

ޓުޗެލް ބުނީ މިވަގުތައް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ތިބި އެމްބާޕޭ އާއި ނެމާ ދެކުޅުންތެރިން އެނބުރި އައުންކަމަށެވެ. ޓުޗެލް ބުނީ މިމެޗުގައި މިހާރު ސްކޮޑުގައި ފިޓުވެފަ ތިބި ކުޅުންތެރިން ބޭނުންކުރާނެ ކަމަށާއި ކުޅުންތެރިން ބޭނުންކުރުމުގައި މިވަގުތު ވަރަށް ސަމާލުވާން ޖެހިފަވާކަމަށެވެ.

އަހަރަމެން މިމެޗުގައި ބޭނުންކުރާނީ ބޭނުންކުރެވި ތިބި ކުޅުންތެރިން، ކުރިއަށް އޮތީ މުހިންމުކަން ބޮޑުމެޗެއް، އެމެޗަށް ވަރުގަދަ ޓީމެއް ނެރެންޖެހޭ.

– ޓުޗެލް ބުނެފައިވެއެވެ.

އަންގާރަދުވަހުގެރޭ މެޗުގައި ލީޕްޒިގާ ދެކޮޅަށް ވަރުގަދަ ޓީމެއް ނެގޭނެކަމަށާއި އެމެޗު ކާމިޔާބުކުރުން ޕީއެސްޖީއަށް ވަރަށް މުހިންމުކަމަށް ޓުޗެލް ވަނީ ބުނެފައެވެ. މިމެޗުގެ ކުރިން ދިގުތަރެއްކޮށްފައި ދެކުނު އެމެރިކާ ވޯލްޑްކަޕް ކޮލިފައިންގައި ވާދަކުރި ކުޅުންތެރިންނަށް އަރާމް ކުރަން ފުރުސަތު ދޭނެކަމަށް ޓުޗެލް ވަނީ ބުނެފައެވެ.

މެޗާ ކުރިމަތިލާއިރު ޕީއެސްޖީ ލީގުގެ އެއްވަނައިގަ އޮތީ 24 ޕޮއިންޓާއެކުއެވެ. މޮނާކޯ އޮތީ 17 ޕޮއިންޓާއެކު ލީގުގެ ހަވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ