ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނެރެފައިވާ ތްރީލައިން ވިޕައި އެއްގޮތަށް ވޯޓު ނުދެއްވާނެކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.
މި ވިޕްލައިނާއި އެއްގޮތަށް ވޯޓު ނުދިނުމަށް އެމްޑީޕީގެ އާންމު މެމްބަރުންނާއި، އާންމު ބައެއް ރައްޔިތުންވެސް ދަނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދެމުންނެވެ. އެމްޑީޕީ އަކީ މަޖިލީހުގެ 65 ގޮޑި ތަމްސީލް ކުރަމުންދާ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީއަށް ވުމުން އެމްޑީޕީން ނިންމާ ގޮތަކަށް މަޖިލީހުގެ ގިނަ ކަންކަން ނިންމުމުގެ ފުރުސަތު އޮވެއެވެ.
ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް ތާއީދު ނުކުރާކަން ހާމަކުރައްވާ މެމްބަރު އިބްރާހިމް ރަޝީދު (ބޯދިގު) ވިދާޅުވީ ތްރީލައިން ވިޕެއް ނެރެފައި އޮތްނަމަވެސް މިބިލަށް ވޯޓު ދެވެން ނެތްކަމަށެވެ. އިޤްތިޞާދީ ގޮތުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިފަދަ ބިލަކަށް ތާއީދު ކުރެވެން ނެތްކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ އެންމެހާ ބޭފުޅުންނަށް މަޢާފަށް އެދެން. އަޅުގަނޑު ޓެކްސް ތްރީލައިން ވިޕާއި ޚިލާފްވާނެ. ޓެކްސް އިތުރު ކުރުމަށް އަޅުގަނޑު ތާއީދެއް ނުކުރަން މިފަދަ ނާޒުކު ދަނޑިވަޅެއްގައި.
– މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވިއެވެ.
Hama Alhunvanve ….!! MDP enmehaa beyfulunhah maafah edhen alhugandu Tax 3 line viper hilaafuvaane. Tax ithuru kurumah alhugandu thaaeedh eh nukuran mifadha naazuku dhandivalhehgai 🙏 https://t.co/nLZ2WM7YA2
— Mohamed Rasheed (@boadhigu) October 19, 2022
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ވަނީ މިބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފައެވެ. އެމްޑީޕީން މިބިލު ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފައިވާއިރު، ބިލުގެ މަސައްކަތް މުޅި މަޖިލިސް ކޮމެޓީގައި ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ