"ކިސީ ކާ ބާއީ، ކިސީ ކީ ޖާން"އަށް އައު ތާރީހެއް!

"ކިސީ ކާ ބާއީ، ކިސީ ކީ ޖާން"އަށް އައު ތާރީހެއް!

Author
ފާތިމަތު ނާވީ
18 އޮކްޓޯބަރ 2022 07:57
0

ބޮލީވުޑްގެ ސުޕަސްޓަރ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އަޅުވާ ދުވަސް ފަސްކޮށްފިއެވެ.

އަންނަ ޑިސެމްބަރު މަހުގެ 30 ގައި ސިނަމާތަކަށް ގެންނަން ކުރިން ނިންމާފައި އޮތް މި ފިލްމު ވަނީ އަންނަ އަހަރުގެ އީދުގައި ރިލީޒްކުރާ ގޮތަށް މިހާރު ނިންމާފައެވެ.

އެހެން ކަމުން އަންނަ އަހަރުގައި ސަލްމާންގެ ދެ ފިލްމެއް ރިލީޒް ވާނެއެވެ. އޭނާގެ ފިލްމު "ޓައިގާ 3″ އޮތީ އަންނަ އަހަރުގެ ދިވާލީއަށް ތާވަލުކޮށްފައެވެ. މި ފިލްމަކީ 3 ބަހަކުން ނެރޭ ފިލްމެ އެކެވެ. އެއީ ޓަމިލް، ތެލުގޫ އަދި ހިންދީއެވެ. މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް "ޓައިގާ 3″ އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މަނީޝް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ފަރުހާދު ސަމްޖީ ޑައިރެކްޓުކުރާ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގައި ސަލްމާނާއި ޕޫޖާގެ އިތުރުން ޖޭސީ ގިލް، ރާގަވް ޖުޔަލް، ސިދާތު ނިގަމް އަދި ބިގްބޮސް ސީޒަން 13 އިން ވިދާލި ޝެހެނާޒް ގިލްވެސް ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ސަލްމާންގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓުރުތު" އިންނެވެ. މިއަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ބެލުންތެރިންނާ ހަމައަކަށް ނާދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.