ބޮލީވުޑްގެ ތަރި ވަރުން ދަވަން ގެ ކުރިއަށް އޮތް ފިލްމް "ބޭޅިޔާ"ގެ އައު ޕޯސްތަރު ތަކެއް އޭނާ ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފިއެވެ. މި ޕޯސްޓަރު ތަކުން އޭނާ ފެނިގެންދާ ގޮތް ވަރަށް ސާފުކޮށް އެނގެއެވެ.
މީގެ ކުރިންވެސް "ބޭޅިޔާ" ގައި ވަރުން ފެނިގެންދާނީ ތަފތުކޮށް ކަމަށް ވަނީ ހަބރުތަށް ބުނެފައިއެވެ. ޕޯސްޓަރުންވެސް މިކަން ވަރަށް ސާފުކޮން އެނގެއެވެ.
މި ފިލްމްގައި ވަރުންއާއި އެކުގައި ފެނިގެންދާނީ ކްރިތީ ސެނޮންއެވެ. މި ދެތަރިން މީގެކުރިން ވެސް އެކުގައި ފިލްމަކުން ފެނިގެން ގޮސްފައި ވެއެވެ. އެއީ ރޯހިތު ޝެޓީގެ "ދިލްވާލޭ" އެވެ.
މިއީ އަމަރު ކޯޝިކް ލިޔެ ޑައިރެކްޓްކުރާ ހޮރޯ ކޮމެޑީއެކެވެ. އޭނާ އަކީ 2018ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ ކޮމެޑީ "ސްތިރީ" ގެނެސްދިން ޑައިރެކްޓަރެވެ. އަމަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019ގެ "ބާލާ" އެވެ.
ފިލްމުގެ އައު ޕޯސްޓަރެއް މިހާރު ދައްކާލައިފާ ވާއިރު މި ފިލްމު ރިލިޒް ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2022 ގައެވެ.
ކޮމެންޓު ފޮނުވާ