"ޓައިގާ" ފްރެންޗައިޒްގެ ތިނަވަނަ ފިލްމް "ޓައިގާ 3″ ރިލީޒް ކުރާ ދުވަސް ފަސްކޮށްފިއެވެ.
ކުރިން ފިލްމް ނެރެން އޮތީ އަންނަ އަހަރުގެ އޭޕްރީލްގައި ނަމަވެސް މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށް ފިލްމު އަޅުވާށެވެ. އެއީ އަންނަ އަހަރުގެ ނޮވެމްބަރު ހިސާބެވެ.
އެންމެ އުންމިދީ އެއް ފިލްމްގެ ގޮތުގައި ބެލެވޭ މި ފިލްމް ނެރޭ ދުވަސް ފަސްކުރި އިރުގައި ކޮންމެ އަހަރެއްގެ އީދުގައިވެސް ސަލްމާންގެ އާ ފިލްމް އެއް ރިލިޒް ކުރއެވެ. ނަމަވެސް މިއަހަރު އޭނާގެ އާ ފިލްމްއެއް އީދުގައި އެއް ސިނަމާއަކަށް ނާންނެއެއެވެ.
މަނީޝް ޝަރުމާ ޑައިރެކްޓް ކޮށ،ް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ "ޓައިގާ 3″ ފަސްކުރި އިރު، މީގެ ޝޫޓިން އޮތީ މިދިޔަ އަހަރު ނިންމައިފަ އެވެ.
ކެޓްރީނާ ކައިފް އާއި ސަލްމާން ހާންގެ އިތުރުން "ޓައިގާ 3″އިން އިމްރާން ހާޝިމީ ވެސް ފެނިގެންދާނެއެވެ. އެ ފިލްމު ތިން ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީ އާއި ތަމަޅަ އަދި ތެލޫގޫ އެވެ.
"ޓައިގާ 3″ އަކީ ވައިއާރްއެފުން ސަލްމާނާއި ކެޓްރީނާ ކައިފާ އެކީ ގެނެސްދޭ ފްރެންޗައިޒެކެވެ. މީގެ ފުރަތަމަ ބައި "އޭކް ތާ ޓައިގާ" ކަބީރު ޚާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިނީ 2012 ގަ އެވެ. އަދި އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށް "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ 2017 ގަ އެވެ. މި ފްރެންޗައިޒްގައި ސަލްމާން އާއި ކެޓްރީނާ ފެނިގެންދާނީ އެޖެންޓުންގެ ގޮތުގައިއެވެ.
ކޮމެންޓު ފޮނުވާ