"ބިރުވެރި ވާހަކަ"ގެ 4 ވަނަ ޓްރެއިލާ ދައްކާލައިފި

"ބިރުވެރި ވާހަކަ"ގެ 4 ވަނަ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
18 އޮކްޓޯބަރ 2022 07:01
0

ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދުގެ 'އައި ފިލްމްސް' އިން ގެނެސްދޭން ނިންމާފައިވާ "ބިރުވެރި ވާހަކަ" ޑްރާމާ ސިލްސިލާގެ 4 ވަނަ ޓްރެއިލާ އާންމުކޮށްފިއެވެ.

ދިވެހި އޯޓީޓީ ޕްލެޓްފޯމުތަކުން ދައްކަމުން އަންނަ ސީރީޒްތަކުން މިވަގުތު ބެލުންތެރިންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ ސީރީޒް "ބިރުވެރި ވާހަކަ"ގެ 4 ވަނަ ޓްރެއިލާގައި ހުރިހާ އެޕިސޯޑްތަކެއްގެ ވާހަކަތަކަށް އަލިއަޅުވާ ލާފައިވާއިރު، ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ.

މި ފިލްމުގެ ޕްރޮމޯޝަން ލަވަ ޝައިތޯނާ ވެސް ވަނީ މީގެ ކުރިން ބެލުންތެރިންނަށް ދައްކާލައިފައެވެ. އެއާއެކު މިއީ ތަފާތު އަދި ވަރަށް ބިރުވެރި ސިލްސިލާއަކަށް ވާނެ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ތުރިލާ އާއި މިސްޓްރީ ފިލްމުތައް އުފައްދައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އިއްލެގެ ބިރުވެރި ވާހަކަތަކެއް ކިޔައިދޭ މި ޝޯ ދައްކަނީ އެންތޮލޮޖީ އެޕިސޯޑުތަކެއްގެ ގޮތުގައެވެ.

ތަފާތު ފަސް ވާހަކައެއް ކިޔައިދޭ އެ ޝޯގައި މިހާތަނަށް ވަނީ ތިން ވާހަކައެއް ގެނެސްދީފައެވެ. ހަތަރުވަނަ ވާހަކައިގެ ޓްރެއިލާއިން ގިނަ ކަންތަށް ތަކެއް ފެނިގެންދާއިރުގައި މި ބައިގާ ދައްކުވައިދެނީ ފުލުހުންގެ ތަހުގީތު ތަކެއްކަމަށް ބެލެވެއެވެ.

ހަމައެކަނި ދިރާގު ޓީވީން ދައްކާ "ބިރުވެރި ވާހަކަ" ސީރީޒް ޕްރޮޑިއުސްކުރީ އާސިމް ޢަލީ އެވެ. ލިޔެ ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.