ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑު ވައިވްސް" ހަތަރު އަނބިން ރާއްޖޭގައި

ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑު ވައިވްސް" ހަތަރު އަނބިން ރާއްޖޭގައި

Author
ފާތިމަތު ނާވީ
17 އޮކްޓޯބަރ 2022 09:03
0

މީގެ އަހަރެއްހައި ސުވަސް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ކުރީގެ ބަތަލާ ނީލަމް ކޮތާރިއާ އަނެއްކައިވެސް ރާއްޖޭ އަތުވެއްޖެއެވެ.

މިފަހަރު އޭނާ ރާއްޖެ އާއި ރައްޓެހިންނާއިއެކުގައިއެވެ. އޭނާ އާއި އެކުގައި މިދަތުރުގައި ބައިވެރިވަނީ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑު ވައިވްސް" އިން ފެނިގެން ދިޔަ މަހީޕް ކަޕޫރް، ބަވާނާ ޕާންޑޭ އަދި ސީމާ ސަޖްދޭއެވެ.

 

View this post on Instagram

 

A post shared by Neelam (@neelamkotharisoni)

ނީލަމް އައި އޭނާގެ ރަހުމަތްތެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރުގައި އެމީހުން އަނަނީ މިދަތުރުގެ މަޖާ ދައްކުވައިދޭ ފޮޓޯތަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އެމީހުން ޗުއްޓީ ހޭދަކުރަމުން އަނަނީ ޖުމައިރާ މޯލަޑިވްސްގައިއެވެ. ވަރަށް ގާތް 4 އަނބިންގެ ގޮތުގައި ނެޓްފްލިކްސްގެ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑު ވައިވްސް" ގެ 2 ވަނަ ސީޒަން ދައްކައިފައިވަނީ މިދިއަ ނޮވެމްބަރު މަހުގައިއެވެ.

 

View this post on Instagram

 

A post shared by Neelam (@neelamkotharisoni)

މި ރިއަލިޓީ ޝޯވގައި އެމީހުން ލަގްޒަރީ ދިރިއުޅުމުގެ އިތުރުން އެމީހުން އާއިލީ ކަންތަށް ތަކާއި ދަރިންނާއި ދިރއުޅުން ވަރަށް ބޮޑަށް ދައްކުވައިދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.