ސީޒަންގައި ބާސެލޯނާއަށް 97 މިލިއަން ޔޫރޯ ގެއްލުން

ސީޒަންގައި ބާސެލޯނާއަށް 97 މިލިއަން ޔޫރޯ ގެއްލުން

Author
އިބްރާހީމް ސާޢިދު
06 އޮކްޓޯބަރ 2020 05:05
0

މިދިޔަ ސީޒަންގައި ބާސެލޯނާއަށް 97 މިލިއަން ޔޫރޯ ގެއްލުންވެއްޖެއެވެ.

ބާސާއިން ނެރުނު ބަޔާނެއްގަ ވާގޮތުން އާންމު ހާލަތުގައި މިދިޔަ ސީޒަންގައި ކްލަބަށް ބިލިއަން ޔޫރޯގެ ފައިދާ ޖެހޭނެއެވެ. ބާސާއިން މިއަހަރު ނިންމާލީ 855 މިލިއަން ޔޫރޯގެ ފައިދާގައެވެ. ބާސާއިން ބުނެފައިވަނީ ކޯވިޑް-19ގެ ސަބަބުން ޓީމުގެ ހަރަދު 74 މިލިއަން ޔޫރޯއިން ކުޑަކުރި ނަމަވެސް، ސީޒަން ދިގުލައިގެން ދިޔުމުން ގެއްލުން ބޮޑުވި ކަމަށެވެ.

ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑުގެ ސަބަބުން މުޅި ކުޅިވަރު އާއިލާއަށް ކުރިމަތިވި ދަތިތައް ބާސާއަށްވެސް ކުރިމަތިވި ކަމަށެވެ. އެގޮތުން މުބާރާތްތައް ހުއްޓާލަން ޖެހުމުގެ އިތުރުން ބޮޑެތި މެޗުތައް ފަހުންވެސް ސަޕޯޓަރުންނާ ނުލައި ކުޅެން ޖެހުމަކީ ބާސާއަށް ވެސް، އަދި ދުނިޔޭގެ އެހެން ހުރިހާ ކްލަބުތަކަށް ވެސް ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށް އެކުލަބުން ފާހަގަކޮށްފައިވެއެވެ.

މެޗު ޓިކެޓުގެ އިތުރުން ބާސާއިން އެންމެ ބޮޑު އާމުދަނީއެއް ހޯދަނީ ބާސެލޯނާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޓުއާތަކުންނެވެ. ބާސާގެ ސްޓޭޑިއަމްގެ ޓުއާތަކުގެ އިތުރުން ބާސާގެ ޕްރޮޑަކްޓްތައް ވިކޭ އިންސައްތަ ވެސް ކޯވިޑާ-19ގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކޯވިޑް-19ގެ ސަބަބުން އެ ކުލަބަށް ޖުމުލަ 203 މިލިއަން ޔޫރޯގެ ގެއްލުން ލިބިފައި ވާކަމަށް ބާސެލޯނާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.