މި މަހުގެ ތެރޭގައި ޝޫޓިންގ ފަށާގޮތަށް އޮތް "ޕުޝްޕާ 2″ އަށް ބޮޑު ބަޖެޓެއް ހަމަޖައްސާފައި ވާކަމަށް ޚަބަރުތައް ބުނެފިއެވެ.
ބޮލީވުޑްގެ ޚަބަރުތަށް ގެެނެސްދޭ ނޫހެއް ކަމުގައިވާ ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި "ޕުޝްޕާ 2″ އަށް ވަނީ އޭގެ ފުރަތަމަ ފިލްްމަށް ހުށައެޅި ބަޖެޓުގެ ދެގުނަ ބޮޑު ބަޖެޓެއް ކަނޑައަޅާފައެވެ.
މީގެ އިތުރުން މި ފިލްމުގައި ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިން ފެނިގެންދާނެ ކަމަށް ޚަބަރުތަށް އަންނަނީ ބުނަމުންނެވެ. އެގޮތުން ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރު އެ ފިލްމުގެ ރޯލަކުން ފެނިގެންދާނެ ކަމަށް މިފަހުން ވަނީ ރިޕޯޓް ކޯށްފައެވެ. ނަމަވެސް އެކަމުގެ ތެދު ދޮގު އަދި ނޭގެއެވެ.
"ޕުޝްޕާ2″ ގެ މަސައްކަތްކަށް ނުފެށި އުޅެނިކޮށް ފިލްމުގެ ތިންވަނަ ބައެއްވެސް އުފައްދާނެ ކަމުގެ އަޑު ވަނީ ގަދަވެއެވެ. އަދި އެކަމުގެ ތައްޔާރީތަށްވެސް ވަމުން އަންނަ ކަމަށް ޚަބަރުތަށް ބުނެއެވެ.
ސައުތުގެ ކާމިޔާބު ފިލްމު ޕުޝްޕާގެ ލީޑުން ފެނިގެން ގޮސްފައިވަނީ އައްލޫ އަރުޖުން އާއި ރަޝްމީކާ މަންދަނާއެވެ. މި ފިލްމަކީ ސުކުމާރު ލިޔެ، ޑައިރެކްޓްކުރި އެކްޝަން ޑްރާމާއެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނު އިރު ބެލުންތެރިނަށް ފިލްމު ވަރަށް ބޮޑަށް ކަމުދިޔައެވެ.