ބާދްޝާހްގެ ހަޔާތަށް ލޯބިވެރިއެއް

ބާދްޝާހްގެ ހަޔާތަށް ލޯބިވެރިއެއް

Author
ފާތިމަތު ނާވީ
15 އޮކްޓޯބަރ 2022 09:19
0

އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ ބާދުޝާ، ޕަންޖާބުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ އީޝާ ރިކީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ޚަބަރުތަށް ބުނެފިއެވެ.

އީޝާ އަކީ 2012 ގެ ޕަންޖާބީ ފިލްމު "ޖަޓް އެންޑް ޖޫލިއަޓް" އިން އެކްޓިންއަށް ނުކުތް ތަރިއެކެވެ. 29، އަހަރުގެ ބަތަލާ އާއި ބާދްޝާހް ބައްދަލް ވީ ދެ މީހުންގެ ގާތް ރައްޓެއްސެއްގެ ޕާޓީއެއްގެ ތެރެއިން ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by BADSHAH (@badboyshah)

އަދި ފުރަތަމަ ބައްދަލު ވުމުންވެސް ދެމީހުންގެ މެދުގައި ވަރަށް ގުޅުން ބޮޑުވި ކަމަށާއި އަދި މިހާރު ދެމީހުން ޑޭޓް ކުރަން ފަށާފައި ވާކަމަށް ވަނީ ބުނެފައެވެ.

އަދި މިހާރު ދެމީހުންގެ އާއިލާއާ ވެސް މިވާހަކަ ހިއްސާކޮށްފައި ވާކަމަށާއި އަދި މި ގުޅުމަށް އެ އާއިލާއިން ވެސް ވަރަށް ރުހޭ ކަމަށް ވަނީ ރިޕޯޓްތައް ބުނެފައެވެ. އަދި ދެމީހުން ޑޭޓް ކުރާތާ މިހާރު އަހަރެއްހާ ދުވަސް ވެފައި ވާކަމަށްވެސް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by BADSHAH (@badboyshah)

ބާދްޝާހާއި އޭނާ ކުރީގެ އަންހެނުން ވަކިވެފައި ވަނީ 2020 ވަނަ އަހަރު ކޯވިޑް ލޮކްޑައުންގެ ތެރޭގައެވެ. އެ ދެ މީހުންނަށް ދަރިއަކު ވެސް ލިބިފައި ވެއެވެ.

 

View this post on Instagram

 

A post shared by Isha Rikhi (@isharikhi)

އީޝާ ވަނީ 2019 ގައި ރިލީޒްކުރި ހިންދީ ފިލްމު "ނަވާބުޒާދޭ" ގެ ރޯލެއްކުޅެ ބޮލީވުޑަށް ނުކުމެފައެވެ. އަނެއްކޮޅުން ބާދްޝާހް އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔަބު އެއް ލަވަކިއުން ތެރިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.