ޕާލް ވެސް ބޮލީވުޑަށް!

ޕާލް ވެސް ބޮލީވުޑަށް!

Author
ފާތިމަތު ނާވީ
15 އޮކްޓޯބަރ 2022 02:46
0

ޑްރާމާ ސިލްސިލާ ތަކުން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެކްޓަރު ޕާލް ވީ ޕޫރީ ބޮލިވުޑަށް ތައާރަފް ވުމުގެ މަސައްކަތް ފަށައިފިއެވެ.

ޕާލް ބޮލީވުޑަށް ނުކުންނަ ފިލްމަކީ "ޔާރިޔާން 2″ އެވެ. އެ ފިލްމް ގައި އޭނާ ފެނިގެންދާނީ ދިވްޔާ ކޯސްލާ ކުމާރާއި މީޒާން ޖެފްރީއާއި އެކުގައެވެ.

ޓީ ސީރީޒުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު ރިލިޒް ކުރާނީ އަންނަ އަހަރުގެ މޭމަހުގެ 12 ވަނަ ދުވަހުއެވެ. "ޔާރިއާން" އަކީ 2014 ވަަނ އަހަރުގައި ނެރުނު ކާމިޔާބު ފިލްމް އެކެވެ. މި ފިލްމް ޑައިރެކްޓް ކުރީ ދިވްޔާއެވެ. ފިލްމުން ފެނިގެން ގޮސްފައިވަނީ ހިމާންޝޫ ކޯލީއާއި ރަކުލް ޕްރީތު ސިންގްއެވެ.

 

View this post on Instagram

 

A post shared by Pearl V Puri (@pearlvpuri)

"ޔާރިޔާން 2″ އިން ޕާލް ފެނިގެންދާއިރު މި ފިލްްމަކީ ވަރަށް އަސަަަރުގަދަ ލޯބީގެ ފިލްމެކެވެ. "ޔާރިޔާން 2″ ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ "ސަނަމް ތެރީ ކަސަމް" އިން މަޝްހޫރުވި ރާދިކާ ރާއޯއާއި ވިނޭ ސަޕްރޫއެވެ.

މިދިއަ އަހަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށުގެ ތުހުމަތުގައި ޕާލް ޖަލަށް ލުމަށްފަހު އޭނާ ދޫކޮށްލި ފަހުން ފެންނަ އެންމެ ފުރަތަމަ ޕްރޮޖެކްޓަކީ މި ފިލްމްއެެވެ. އޭނާގެ މައްޗަށް ކުރި ތުހުުމަތުތަކުން އޭނާ ސަލާމަތް ވެ ކޯޓުން އޭނާ ދޫކޮށްލި ފަހުން އޭނާ ވަރަށް ބޮޑަށް ދާއިރާއާ ދުރުވިއެވެ.

 

View this post on Instagram

 

A post shared by Pearl V Puri (@pearlvpuri)

އުމުރުން 33 އަހަރުގެ އެކްޓަރ ޕާލް އަކީ ގިނަ ޓީވީ ޑުރާމާތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެތެރޭގައި "ބޭޕަނާ ޕިޔާރް"، "ޕިރް ބީ ނާ މާނޭ"، "ބައްތަމީޒް ދިލް"، "ނާގިން" ފަދަ ކާމިޔާބު ޑްރާމާތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.