"ތޭންކް ގޯޑް" ގެ ޓްރެއިލާ ދައްކައިލައިފި

"ތޭންކް ގޯޑް" ގެ ޓްރެއިލާ ދައްކައިލައިފި

ބޮލިވުޑްގެ މަޝްހޫރު އެކްޓަރ އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ތޭންކް ގޯޑް" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމް އަކީ އަޖޭގެ އިތުރުން ސިދާތު މަލްހޮތުރާ އާއި ރަކުލް ޕްރީތު ސިންގ ވެސް މުހިންމު ރޯލަކުން ފެނިގެންދާ ފިލްމެކެވެ. ދިވާލީގައި ރިލީޒް ކުރުމަށް ހުރިހާކަމެއް މިހާރު ނިމިފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިންދަރު ކުމާރެވެ.

"ތޭންގް ގޯޑް" ގެ ކުރިން ރަކުލް ވަނީ މި އަހަރު ރިލީޒްކުރި "ރަންވޭ 34″ އާއި 2019 ގެ "ދޭ ދޭ ޕިޔާރު ދޭ" ގައި ވެސް އަޖޭއާ އެކު މަސައްކަތް ކޮށްފައެވެ. އަދި ކުރިއަރަމުން އަންނަ ބަތަލާ ވަނީ ސިދާތާ އެކީ ވެސް ދެ ފިލްމެއްގެ މަސައްކަތް މީގެކުރިން  ކޮށްފައެވެ. އެއީ 2018 ގެ "އައްޔާރީ" އާއި 2019 ގެ "މަރުޖާވާ" އެވެ.

ދިވާލީގައި ރިލީޒް ކުރުމަށް ހުރިހާކަމެއް މިހާރު ނިމިފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިންދަރު ކުމާރެވެ. މަސްހުނި އިހުސާސްތަކެއްގެ މައްޗަށް ހަދާފައިވާ މިފިލްމަކީ ޓީ ސީރީޒްގެ އުފެއްދުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *