ނޭފަތުގެ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށާއި އެކަމަކީ އޭނާ އިތުރަށް ރީތިވުމަށް ކުރި ކަމެއް ކަމަށް ސައުތުގެ މަޝްހޫރު ބަތަލާ ޝުރްތީ ހަސަން ބުނެފިއެވެ.
ޝުރްތީގެ ނޭފަތުގެ ޕްލާސްޓިކް ސާޖަރީ ހެދިކަމަށް ނޫސްތަކުން ރިޕޯޓްކުރުމާއެކު ޝުރްތީ ވަނީ އެ ކަމާއި ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ. އެގޮތުން އޭނާ ބުނެފައި ވަނީ ނޭފަތުގެ ސާޖަރީއެއް ހެދި ކަމަށާއި އެއީ އިތުރަށް ފުރިހަމަ ކުރުމަށް ކޮށްލި ކަމެއް ކަަމަށެވެ.
"ނޭފަތުގެ ސާޖަރީ ހެދިން. އެއީ އަހަރެން ބޭނުން ވެގެން ކުރި ކަމެއް. އަހަރެން ބޭނުން ވީ ރީތިކޮން ހުންނަން. އަަހަރެންނަށް ގަބޫލުކުރެވޭ ނޭފަތަށް ބަދަލެއް ގެނައުމުން އަހަރެން އިތުރަށް ރީތި ވިހެން. އަހަރެންގެ މޫނު އަހަރެން ބޭނުން ގޮތަކަށް ހެދޭނެ."
– ޝުރްތީ
ނޭފަތުގެ ސާޖަރީގެ ސަބަބުން މޫނަށް ބަދަލު އައިސްފައިވާކަން އެންމެންނަށްވެސް އެންގޭނެ ކަމަށާއި އަދި އެއީ ހެޔޮ ބަދަލެއް ކަމަށް ގަބޫލު ކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.
ސާޖަރީގެ ސަބަބުން އިތުރަށް އޭނާގެ މޫނަށް ފުރިހަމަކަން އައިސްފައި ވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޕްލާސްޓިކް ސާޖަރީ ހާދަނެ ކަމަށް އޭނާ ވަނި ބުނެފައެވެ.
"ވަކި ގޮތެއް ހަދައިލީމަ މާ ރީތިވާނެ ހެން ހީވަންޏާ އަދިވެސް ކުރިއަށް އޮތް ތަނުގައިވެސް ޕްލާސްޓިކް ސާޖަރީ ހަދާނަށް. ރީތި ވާނެ ކަމަށް ގަބޫލު ކުރެވޭނަމަ ކުރާނަން." – ޝުރްތީ
ސައުތުގެ މަގުބޫލު ފިލްމުތަކެއް ކުޅެފައިވާ 36 އަހަރުގެ ބަތަލާގެ ކުރިއަށް އޮތް ފިލްމް އަކީ ސަލާރް އެވެ. އެ ފިލްމުގައި އޭނާއާ އެކުގައި ފެނިގެންދާނީ ޕްރަބާސްއެވެ.
ކޮމެންޓު ފޮނުވާ