ލިވާތުކުރުމަކީ ބޮޑު ކުށަކަށް ހަދަން ހުށައެޅި ބިލު ބޭރުކޮށްލި ސަބަބު ސާފުކޮށްދޭން ގޮވާލައިފި

ލިވާތުކުރުމަކީ ބޮޑު ކުށަކަށް ހަދަން ހުށައެޅި ބިލު ބޭރުކޮށްލި ސަބަބު ސާފުކޮށްދޭން ގޮވާލައިފި

ގުޅުންހުރި

ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ހުށައެޅި އިޞްލާހު މަޖިލީހުން ބޭރުކޮށްލި ސަބަބު ސާފުކޮށްދިނުމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ޖިނާއީ އިޖުރާއަތު ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އިސްލާހު ހުށަހަޅުއްވި ބިލު ބަލައިނުގަނެ އިއްޔެގެ ޖަލްސާގައި ވަނީ ބޭރުކޮށްލާފައެވެ.

ޝައިޚް ޒައިދު ވިދާޅުވީ، ލިވާތާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ކުށުގެ އަދަބު ބޮޑުކުރުމަށް ހުށައެޅުމުން، އެކަން ބޮލާލާއި ޖަހައި ބިލް މަޖިލީހުން  ބޭރުކުރުމަށް މަސައްކަތްކުރެއްވި ބޭފުޅުންނާއިމެދު ހިތާމަކުރައްވާކަމަށެވެ. އެކަން އެގޮތަށް ކުރެއްވި ސަބަބު ސާފުކޮށްދިނުމަށްވެސް ޒައިދު ގޮވާލެއްވިއެވެ.

ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ހުށައެޅި އިޞްލާހުގެ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ނުވަ މެންބަރުންނެވެ. ނުފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވިއެވެ. މިދެއިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ގާސިމް ވިދާޅުވެފައިވަނީ، މި އިސްލާހު ހުށަހެޅުއްވީ ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެންޖެހޭ ކުށްތަކެއްކަމަށް ގަބޫލު ކުރައްވާތީ ކަމުގައެވެ.

ގާސިމް ވިދާޅުވީ މިއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުފައި ނުވާނަމަ، މިއީ އާދައިގެ ކުށްތަކުގައި ދެކި، ތަހުގީގީ މަރުހަލާ ނިމުމަށްފަހުވެސް މުޖުތަމަޢަށް ދޫވެ ދިއުމުން މި ކުށްތައް ތަކުރާރު ކުރުމުގެ ފުރުސަތު އެފަރާތްތަކަށް ފަހިވެފައި އޮންނާނޭ ކަމުގައެވެ.

މި އިސްލާހު ހުށަހަޅުއްވަމުން ގާސިމް ފާހަގަ ކުރައްވާފައިވާ ގޮތުގައި، މިފަދަ ނުބައި އަމަލުތައް ހިންގާ ފަރާތްތައް މުޖުތަމަޢުން އެކަހެރި ކުރެވެން ޖެހެއެވެ. އަދި އެމީހުން މުޖުތަމަޢުން އެކަހެރި ނުކުރެވިއްޖެނަމަ، އެމީހުންގެ ވަސްވާހުގައި ޖެހި، އޭގެ އަސަރުތައް އެމީހުންގެ އާއިލާތަކަށާއި އަދި މުޅި މުޖަތަމައަށްވެސް ފޯރުމުގެ ފުރުސަތު އޮނާނެ ކަމަށްވެސް ގާސިމް ވިދާޅުވެފައިވެއެވެ.

މިދެ އިސްލާހުގެ އިތުރުން އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގާ މީހުންނަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބުގެ ދަރަޖަ ބޮޑު ކުރުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހުވެސް ވަނީ ބޭރުކޮށްލާފައެވެ.

ޤާނޫނުގައި މިހާރު އޮންނަ ގޮތުން ޖިންސީ ކުށެއް ސާބިތުވެއްޖެނަމަ އެމީހަކަށް ފަސް އަހަރާއި، ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ޤާނޫނުލް އުޤޫބާތުގެ ދަށުންވެސް އެމީހަކަށް ޖަލުހުކުމެއް އިއްވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ