ބޮލީވުޑްގެ ކުރީގެ ރީތި ބަތަލާ އުރްމިލާ މަޓޯންޑްކަރް ވެބް ސީރީޒެއް ކުޅެން ފަށައިފިއެވެ.
ކުރީގެ ގިނަ ބަތަލާއިން މިހާރު އަންނަނީ އެނބުރި ސްކްރީނަށް އަންނަމުންނެވެ. އަދި ހާއްސަކޮން ކުރީގެ ތަރިން ގިނައިން ފެނިގެން ދަނީވެސް ވެބް ސީރިޒް ތަކުންނެވެ.
"ތިވާރީ" ގެ ނަން ދީފައިވާ ސީރީޒްގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ސީޒަންތަކަށް ގެނެސްދޭން ހަމަޖެހިފައިވާ ސީރީޒަކީ މަޔަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ ސޯރަބް ވަރުމާ އެވެ.
“This time
The last man standing will be a Woman”
“Tiwari”
Exited to share first look of my digital debut n comeback. Only your support has gotten me this far.Hope u find #Tiwari thrilling. Humbly need your love,support n best wishes as I start a new journey 🙏🏻 pic.twitter.com/eRIK0B0lld— Urmila Matondkar (@UrmilaMatondkar) October 3, 2022
"ތިވާރީ" ގެ ޕްރޮޑިއުސަަރުންނަކީ ޑރ. ރާޖް ކިޝޯރް ކަވާރޭ އާއި އުތުޕާލް އަޗާރިއާ އެވެ. ސީރީޒް ބެލުންތެރިންނަށް ގެނެސްދޭނެ އިރަކާއި ގެނެސްދޭން ޕްލެޓްފޯމެއް އަދި ހާމައެއްނުކުރެ އެވެ.
އުރުމިލާ ޓައިޓުލް ރޯލު ކުޅޭ މި ސީރީޒްގައި އޭނާ ކުޅޭނީ ވަރަށް ތަފާތު ރޯލެކެވެ. އެހެން ކަމުން މި ރޯލުން އުރްމިލާގެ ތަފާތު އެކްޓިންއެއް ފެނިގެންދާނެ ކަމަށް ގަބޫލު ކުރެވެއެވެ.
މިހާރު އުމުރުން 48 އަހަރުގެ އުރްމިލާ ފިލްމަކުން އެންމެފަހުން ފެނިފައިވަނީ 2014 ވަނަ އަހަރު ރިލީޒްކުރި މަރާތީ ފިލްމު "އަޖޯބާ"އިންނެވެ. އަދި 2018 ވަނަ އަހަރު ނެރުނު ފިލްމު "ބެލްކްމެއިލް"ގެ ލަވައަކުން ސްޕެޝަލް އެޕިއަރެންސެއްގެގޮތުގައި އޭނާ ފެނުނެވެ.
އުރްމިލާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ރަންގީލާ"، "ސަތިއާ"، ޕިންޖަރު"، "ބޫތު"، "ޖުދާއީ"، "ކޯން" އަދި "އޭކް ހަސީނާ ތީ" ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ