ވަރަށް މަދުން މިހާރު ފެންނަ ބަތަލާ ސުޝްމިތާ ސެން ބަޔޮޕިކެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިއަ މަހު ނޫސްތަކުން ރިޕޯޓްކުރިއެވެ.
ނަމަވެސް މި ވެބްސީރިޒާ ބެހޭގޮތުން އެއްވެސް މައުލުމާތެއް އޭރު ހާމައެއް ނުކުރެއެވެ. ސުޝްމިތާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނި ވެބް ސީރީޒް "އާރިޔާ " އިންނެވެ.
މި ފަހަރުގެ ސީރީޒްގެ ނަމަކީ "ތާލީ" އެވެ. މިއީ އިންޑިއާގެ ތާލީއަށް ނިސްބަތްވާ ޓްރާންސްޖެންޑާ އެކްޓިވިސްޓެއް ކަމަށްވާ ޝްރީގޯރީ ސާވަންތަށް ބިނާކޮށް ހަދާ ސީރީޒެކެވެ.
އިންސްޓަރްގާމްގައި ސުޝްމިތާ ވަނި "ތާލީ" ގައި އޭނާ ފެންނަ ގޮތްވެސް ހިއްސާ ކޮށްފައެވެ. ވަރަށް ތަފާތު ގޮތަކަށް އޭނާ މި ވެބްސިރީޒް ގައި ފެނިގެންދާނެއެވެ.
1994 ގެ މިސް ޔުނިވާސް އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު އެންމެ ފަހުން ކުޅުނީ 2020 ގެ ވެބް ސީރީޒް "އާރިއާ" އެވެ. 46، ގެ ބަތަލާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2010 ގެ "ނޯ ޕްރޮބްލަމް" އެވެ.
ކޮމެންޓު ފޮނުވާ