އާޔޫޝް ޝަރުމާގެ ތިން ވަނަ ފިލްމުގެ ޓީޒާއެއް

އާޔޫޝް ޝަރުމާގެ ތިން ވަނަ ފިލްމުގެ ޓީޒާއެއް

Author
ފާތިމަތު ނާވީ
10 އޮކްޓޯބަރ 2022 06:13
0

ބޮލީވުޑްގައި އަރަމުން އަންނަ އެކްޓަރު އަދި ބޮލީވުޑްގެ ސްޕަސްޓަރ ސަލްމާން ޚާންގެ ޅިއަނު އާޔޫޝް ޝަރުމާގެ ތިންވަނަ ފިލްމް ގެޓީޒާ އާންމުކޮށްފިއެވެ.

ރަވީ ވަރްމާ އާއި އިމްރާން ސަރްދާރިޔާ ޑައިރެކްޓްކޮށް ނެރޭ AS-03 ގައި އަޔުޝް ފެނިގެންދާނެ ގޮތް ވަނީ މި ޓީޒާގައި ދައްކައިލައިފައިއެވެ. ނަމަވެސް ފިލްމް ގެ ބަތަލާ އަކީ ކާކުކަމެއް ނޭގެއެވެ.

މި އެކްޝަން-އެޑްވެންޗާ ފިލްމުގެ ޓިޒާގައި ފެންނަނީ ބޯކޮށް ވާރޭ ވެހޭ ރެއެއްގައި ޖަންގައްޔެއްގެ ތެރޭގައި އާޔުޝްއާ ކުރިމަތިލި މީހަކަށް އޭނާ ކަނޑިން ހަމަލާދޭ މަންޒަރެވެ.

 

View this post on Instagram

 

A post shared by Aayush Sharma (@aaysharma)

ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔޫޝް ބޮލީވުޑަށް ނުކުތީ ސަލްމާން ޕްރޮޑިއުސްކުރި 2018 ގެ "ލަވްޔާތުރީ" އިންނެވެ. އޭނާގެ ދެވަނަ ފިލްމް އަކީ ސަލްމާން އާއި އެކުގައި ފެނިގެންދިއަ ފިލްމް  "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.