ވިޖޭ އާއި ރަޝްމިކާގެ ޖޯޑު ރާއްޖޭގައި

ވިޖޭ އާއި ރަޝްމިކާގެ ޖޯޑު ރާއްޖޭގައި

Author
ފާތިމަތު ނާވީ
09 އޮކްޓޯބަރ 2022 03:12
0

ސައުތު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ދެ ތަރިން ކަމުގައިވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަނާ ރާއްޖެ އަތުވެއްޖެއެވެ.

ޓެލުގޫ ސިނަމާގައި އެންމެ މަގުބޫލު ދެތަރިން މިހާރު ވަނީ ބޮލީވުޑްގައިވެސް މަސައްކަތް ކޮށްފައިއެވެ. އެގޮތުން ވިޖޭގެ އަލަތު ބޮލީވުޑް ފިލްމް ލައިގާ މިއަހަރު އޯގަސްޓް މަހު ވަނީ ރިލީޒް ކޮށްފައެވެ. އަދި ރަޝްމިކާގެ އަލަތު ބޮލީވުޑް ފިލްމް ރިލީޒް ކުރީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

 

View this post on Instagram

 

A post shared by Vijay Deverakonda (@thedeverakonda)

ވިޖޭ އާއި ރަޝްމިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވަނީ ދެ ތަރިން ބޮލީވުޑަށް ތައާރަފް ވުމުގެ ވެސް ކުރިންނެވެ. ޒުވާން ދެތަރިން ވަނީ އެކުގައި ދެ ފިލްމްއެއްވެސް ކުޅެފައިއެވެ. އެއީ "ގީތާ ގޮވިންދަމް" އާއި "ޑިއާ ކޮމްރޭޑް"އެވެ.

ދެމީހުން މީގެ ދެދުވަހެއް ކުރިން މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން އިއްޔެ ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ފެނިފައި ވާކަމަށް ޕަޕަރާޒީންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުންޏެވެ.

 

View this post on Instagram

 

A post shared by Pinkvilla South (@pinkvillasouth)

ރަޝްމިކާ ވަނީ އިއްޔެގެ ވަގުތެއްގައި އޭނާ ރާއްޖޭގައި ނަގައިފައިވާ ފޮޓޯއެއް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައިއެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޮޒޯން ރިޒާވް ބޮލިފުށި ރިސޯޓުގައިއެވެ. ނަމަވެސް ވިޖޭ ރާއްޖޭގައި ނަގައިފައިވާ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޯށްފައިއެއް ނުވެއެވެ.

ތެލޫގޫ އިންޑަސްޓްރީގައި އެންމެ މަގުބޫލު ދެ ތަރިން އެކުގައި ރާއްޖެ އައި ޚަބަރާ އެކު ސަޕޯޓަރުން ބުނަނީ އެ މީހުންގެ ގުޅުން ރަސްމީ ކުރީ ކަމަށެވެ. އަދި ގިނަ ބެލުންތެރިންގެ މެދުގައި މި ޖޯޑަކީ ވަރަށް މަގުބޫލު ޖޯޑެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.