Author
ހުސެއިން
07 އޮކްޓޯބަރ 2022 06:47
0

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ 31 ވަނަ މަޖިލީހަށް ހުށަހަޅާނޭކަން ފިނޭންސް މިނިސްޓްރީ ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި 2023 އަށް ލަފާކުރާ ދައުލަތުގެ މަޖެޓް ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ތައްޔާރުކޮށް ނިމޭނެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މިހާރު ކުރިޔަށްދަނީ ބަޖެޓްގައި ހިމެނޭ ޕީއެސްއައިޕީގެ މަޝްރޫޢުތައް ދިރާސާ ކުރުމާއި، ބަޖެޓްގައި އަލަށް ހިމަނާނެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

އަދި މީގެ އިތުރުންވެސް، ފިސްކަލް ސްޓްރަޓަޖީއާއި އެއްގޮތަށް ބަޖެޓް ކޮންސޮލިޑޭޓްކޮށް އެކުލާލުމުގެ މަސައްކަތްވެސް ފިނޭންސް މިނިސްޓްރީން މިހާރު ކުރިޔަށް ގެންދާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

2022 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ އަދަދަކީ 36.92 ބިލިއަން ކަމުގައިވި ނަމަވެސް، މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ 73.8 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.