އާރަންވޭ އަކީ މިދިޔަ ސަރުކާރުގެ މަސައްކަތެއް ކަމާއިމެދު ސުވާލެއް ނެތް: ޒައިދު

އާރަންވޭ އަކީ މިދިޔަ ސަރުކާރުގެ މަސައްކަތެއް ކަމާއިމެދު ސުވާލެއް ނެތް: ޒައިދު

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2022 02:12
0

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރި އާ ރަންވޭ މިސަރުކާރުން ބޭނުން ކުރަން ފެށި ކަމުގައި ވީނަމަވެސް އެމަސައްކަތަކީ ރައީސް ޔާމީންގެ ވެރިކަމުގެ މަސައްކަތެއް ކަމާއިމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތްކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އާރަންވޭ ބުރާސްފަތި ދުވަހު ބޭނުން ކުރުމަށް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މިމަސައްކަތާއި ގުޅޭގޮތުން އެކި ގޮތްގަށް ވާހަކަ ދައްކަމުންނެވެ. ގިނަ ބަޔަކު ދަނީ މިމަސައްކަތުގެ ފުރިހަމަ ތައުރީފް ނިމިދޔަ ސަރުކާރަށް ހައްގު ކަމަށެވެ.

ޝައިޚު ޒައިދު ވިދާޅުވީ އާރަންވޭގެ މަސައްކަތަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައިވާ މަޝްރޫއެއްކަމަށެވެ. މިމަޝްރޫއަކީ ނިމިދިޔަ ވެރިކަމުގައ ހުޅުވާފައިވާ މަޝްރޫއަކަށްވާއިރު ރަންވޭ މިސަރުކާރުން ބޭނުން ކުރަން ފެށުމަކީ ކުރީ ސަރުކާރުން ކުރި މަސައްކަތަށް ކްރެޑިޓް ލިބެނުޖެހެންވީ ސަބަބެއް ނޫންކަމަށެވެ.

އާ ރަންވޭ އެޅީ މިދިޔަ ވެރިކަމުގައި! އެއީ ސުވާލު އުފެދޭ ނުވަތަ އުފައްދަންޖެހޭ ވެސް ކަމެއް ނޫން! އޭރު ރަންވޭ އަޅައި އެ ހުޅުވި! އަދި މިހާރު ރަންވޭ ދެވަނަ ފަހަރަށް މި ހުޅުވުނީ! ކޮންމެ މަސައްކަތެއްކުރި މީހަކަށްވެސް އެމަސައްކަތެއްގެ ކްރެޑިޓް ދިނުމަކީ އަމާނާތްތެރި ޢަދުލުވެރި ގޮތް!

– ޒައިދު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ރަންވޭގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މި ރަންވޭ އަޅާފައިވަނީ އެއަރޕޯޓު ފަޅުން ގާތްގަނޑަކަށް 70 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެންނެވެ. މިއާއެކު ހުޅުލޭ ބިމަށް 33 އިންސައްތަ ވަނީ އިތުރުވެފައެވެ. މި ރަންވޭގެ މަސައްކަތްކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއި ޙަވާލުކޮށްގެންނެވެ. މި މަސައްކަތަށް އެކަނިވެސް 400 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

އެއަރޕޯޓުގެ އައު ރަންވޭ ތަރައްޤީކުރުމުގައި އެމް.އޭ.ސީ.އެލުން އެންމެ ބޮޑަށް ވިސްނާފައިވަނީ މި ރަންވޭއަކީ ދެމެހެއްޓިނިވި ގޮތަކަށް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށެވެ. އެގޮތުން 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން ރަންވޭގައި އަޅާފައިވެއެވެ. އަދި އައު ރަންވޭ އަޅާފައިވަނީ ކުރިން ބޭނުންކުރަމުންދިޔަ ރަންވޭއަށް ވުރެ އުސްކޮށެވެ.

އައު ރަންވޭގެ މަސައްކަތްތައް ނިންމައި އެންމެ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރު ސެޕްޓެމްބަރމަހު 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން އައު ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފަހަތުފައި
މި ޢައްދާރުންގެ ސަރުކާރަށް އެނގޭނީ ފޮނިކަނޑަށް ފޮލާ ކައްކަން، ތި ރަންވޭ ނުނިމި އޮތްނަމް އެންމެ ބޮޑެތިފުލައިޓު ޖެއްސުނީސްތަ ތިކިއާ ނުނިމި އޮތް ރަންވޭ، މި ބޭގަރާރު ސަރުކާރުން ނިންމީ ކޮންތަނެއްބާ! ޖޯކަރުންނަށް އަބަދުވެސް އެނގޭނީ ޖޯކުޖަހަން، ރަންވޭ ނިނިމި އޮތްކަމަށް ބުނެ ތި ދެއްކި ވާހަކަ ޖަންގަލީގެ ޖަނަވާރުތައްވެސް ބަލަނީ ޖޯކެއްކަމަށް، ރަންވޭއިން ކުނިކޮޅެއްނެގުމަކީ ރަނވޭ އެޅުންބާ، އެހެންނޫނަސް ތަންތަނަށް ބޯ ކޮއްޕަންޏާ އެތަނެއް ބަލަހައްޓަން ޖެހޭނެ، ގައުމުގެ ވެރިކަމާ ހަވާލު ވެފާ އެއްކަމެއްވެސް ނުކޮށް ތިގޮތަށް އަތްއުރާލައިގެން، ނުތިބެވޭނެ، މަސެއްކަތެއް ނުކޮށް ރޔާމީން ގައމުއާރާސްތުކުރައއްވަން ކުރެއްވި މަސަކަތްޕުޅުތަކުގެ ރެބަންކަނޑާލަ ކަނޑާލާ،ނުތިބެވޭނެ، ފަސްއަހަރުގެ ދައުރެއް މި ނިންމާލަނީ ދަތުރުތައް ކުރުމާ މަކަރު ހެދުމާ، ގައުމުގެ ޚަޒާނާ ލޫޓުވުމާ، ރޔާމީންގެ ތަރައްގީގެ ރެބަން ކަނޑާލަ ކަނޑާލާ ތިއްބާ،.
ގ ގުއިއްޒު
މީނައަށް ވަޒީފާ އަނބުރާ ދޭންބުނި މީހުން ވަޒީފާއިން ވަކިކުރަންވީ. ޔުނިވަރސިޓީގައި މީނަ ހުރީ ސިޔާސީ މަގާމެއްގަތަ؟ މިފަދަ ޖާހިލުންނާހެދި ގައުމު އިސްލާހް ކުރަން އުނދަގޫވާނެ. އަދި އުޅޭނެ މީގެ އެކަތި.
ބ ބޮޑުތަކުރުފާނުހަވިއްތަ
ވިސްނުމުގައި މައްސަލަ ހުރީމާ ވިސްނުން ގޯސްވެދާނެ އާރަންވޭ އަކީ އިންޑިޔާގެ ހެޔޮ އެދުންތަކާ އެކު އެމްޑީޕީ ގައި އުޅޭ ގިރިފަރައް ވެދުން ކުރި އެއްޗެއް ތިރަން ވޭ އަކީ މިސަރުކާރު އައިސްގެން ގުޅިފަޅުގައި ރާވާފަ ހުޅުލެޔައްގެންދިޔަ އެއްޗެއް އެހެންވީމާ އެމަސައްކަތފުރިހަމަ ކޮށފަގެރި ސަރުން ހުޅުވާށޭ ބުނީމާ ހުޅުވާނެދޯ ތަރައްގީ ހަމަ އޮހެނީ
އ އުކުނޑި
ސަލާމް މި މަސައްކަތް ޔާމީނު ވެރިކަމުގައި ފެށިއަސް ވެރިކަން ނިމުނު އިރު މި މަސައްކަތް އޮތީ ފުރިހަމަ ނުވެ، ހަމައެކަނި ޓެސްޓް ފްލައިޓް ޖެއްސިއަސް ބައިނަލް އަގްވާމީ މިންގަނޑުތަކަށް އެއަރޕޯޓު ގެ ގިނަކަންކަން ނިންމާ އެތަން ބޭނުންކުރުމަށް ކުރަންޖެހުނު އެންމެހާ ކަންކަން ކުރީ މި ސަރުކާރުން. ހަމައެކަނި ރިބަންކެޑީކަމަށް ބުނާނެ ޖާގާއެއް ނެތް. މިއަދު އެކަން މިސަރުކާރުން ނުކުރިނަމަ އެތަން ހަމަ އޮންނާނެކަމަށް ބެލެވެނީ. ޔާމީން ވެސް ބަޔަކާ ހަވާލު ކުރިއަސް މީ ސަރުކާރުން ނެގި ލޯނެއްކަމުން އޭރު އޮތީ އެންމެ އަހަރެއްގެ ޕޭމަންޓް ދައްކާފާ. މިސަރުކާރުން ހަތަރު އަހަރުގެ ޕޭމަންޓް ދައްކައިފި.
ރ ރީދޫމަމޮޅު
ބަލަ މޮޔަޔާ އޭ 380 ފްލައިޓެއް ރަންވޭ އަށް ޖެއްސޭނީވެސް ބައިނަލްއަގްވާމީ އެވިއޭޝަން މިންގަޑުތަކާ އެއްގޮތަށް ހުރީމަ. ޔާމީނު ބޭނުންވީމަ ބޯމަތިން ދާ ފްލައިޓް ފަހަރަށް ގޮވާ ޖެއްސޭ ގޮތަކަށް ނޫން އޮންނަނީ. ރީދޫ ސަރުކާރަށް ކުރެވޭ ކަމަކީ ބޭކާރު ފޮނި އަގަ ތެޅުމާ، ޑޭލައިޓް ރޮބަރީއާ، އެހެން މީހުން ކޮށްފަ ނިންމާ ހުންނަ މަސައްކަތް އަލުން ބަލުން ބޯޑު ޖަހައިގެން ހުޅުވާ ރިބަން ކެޑުން. އެީ ތިމާމެންގެ ފެންވަރު.