އަބަދުވެސް މަސައްކަތްކުރަންވީ ގައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ޤައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ، ޤައުމައިގެން ކުރިއަށްދިއުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ވަނީ، ޤައުމީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަޙުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ޤައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ޤައުމައިގެން ކުރިއަށް ދިޔުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަޙުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ޤައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ޤައުމައިގެން ކުރިއަށް ދިޔުމަށް.
– ރައީސް ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަޙުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ޤައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ޤައުމައިގެން ކުރިއަށް ދިޔުމަށް. pic.twitter.com/djqBldnwoN
— Ibrahim Mohamed Solih (@ibusolih) September 27, 2022
ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި މިއަހަރު ފާހަގަކުރަނީ ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ.އުތީމުގައެވެ. ރައީސުލްޖުްހޫރިއްޔާގެ ދެކަނބަލުންވެސްމިވަގުތު ހުންނެވީ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމުގައެވެ.
ޤައުމީ ދުވަހުގެ ދިދަ ނެގުމަށް އުތީމު ގަނޑުވަރު މައިދާނުގައި މިއަދު ހެނދުނު ކޯއްޓޭއަށް ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނަބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދިވެހިރާއްޖޭގެ ގައުމީ ދުވަސް ނިސްބަތްވަނީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމަށެވެ. ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ.
މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.