"ކޫފިޔާ"ގެ ޓީޒާއެއް ދައްކާލައިފި

"ކޫފިޔާ"ގެ ޓީޒާއެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
27 ސެޕްޓެމްބަރ 2022 08:25
0

މަޝްހޫރު ބަތަލާ ތައްބޫ ފެނިގެންދާ ފިލްމް "ކޫފިޔާ"ގެ ޓީޒާއެއް ދައްކާލައިފިއެވެ.

މި ފިލްމްގެ ފަސްޓު ލުކް މީގެ ދަމަހެއްހާ ދުވަސް ކުރިން ވަނި ދައްކާލައިފައެވެ. ކޫފިޔާ އަކީ އަނެއްކާ ވެސް ކުޅަދާނަ ބަތަލާގެ ތަފާތު އެކްޓިންގ އެއް ފެނިގެންދާނެ ފިލްމެކެވެ. ނެޓްފްލިކްސް އިން ގެެނެސްދޭ ހަމަޖެހިފައިވާ މި ފިލްމަކީ ސްޕައި ޑްރާމާއެކެވެ.

މި ފިލްމުގައި ތައްބޫގެ ކެރެކްޓާ އަކީ ސިއްރުން ފުރިގެންވާ ވަރަށް ޑާކް ކެރެކްޓާއަކަށް ވާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން މި ފިލްމްގައި ވެސް ތައްބޫގެ ކުޅަދާނަ އެކްޓިންގް ފެނިގެންދާނެއެވެ.

"ކޫފިޔާ" ގެ ޑައިރެކްޓަރަކީ ތައްބޫގެ ކެރިއަރުގެ އެންމެ ފާހަގަށްލެވޭ ފިލްމުތައް ގެނެސްދިން ވިޝާލް ބަރަދްވާޖެވެ. މި ދެ މީހުން އެކުގައި ކުރިން ގެނެސްދިން މޮޅެތި ފިލްމުތަކުގެ ތެރޭގައި "މަގުބޫލު" އާއި "ހައިދަރު" ހިމެނެއެވެ.

"ކޫފިޔާ" ގެ ކާސްޓްގައި އަލީ ފަޒަލް، ވަމީގާ ގައްބީ އަދި އާޝިޝް ވިދިއާތީ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.