މަސްދަރު ހާމަކުރުން ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައަޅަނީ

މަސްދަރު ހާމަކުރުން ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައަޅަނީ

ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ވަކި ޙާލަތްތަކެއްގައި ހާމަކުރުމަށް ހެއްކާބެހޭ ޤާނޫނުގައި ލާޒިމްކުރާ މާއްދާގެ ސަބަބުން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ، އެކަންކަމަށް ޙައްލެއް ހޯދުމަށްޓަކައި، އެ ޤާނޫނަށް މިހަފްތާގައި އިޞްލާޙު ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ބަންޑާރަ ނައިބް އޮފީހުން ވިދާޅުވީ ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ޙާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެ ފަދައިން، ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިޞްތިޤްލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ ޢަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާ އިޞްލާޙުތައް ހިމެނެއެވެ.

މި އިޞްލާޙުތައް ގެނައުމަށް އެކުލަވާލާ ބިލު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ.) އާއި، މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމް.އީ.ޖީ.) އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިހާރު ވަނީ އެކުލަވާލާފައެވެ. އެ ބިލު މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާ ކަމަށް ބަންޑާރަ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފުރަތަމަ ބްރޮޑްކާސްޓް އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ރައީސް ޞާލިހު ވިދާޅުވީ ނޫސްވެރިންނާ ދާއިރާގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ހެއްކާބެހޭ ޤާނޫނުގެ 130 ވަނަ މާއްދާއަށްކަމަށް ރައީސް ވިދާޅުވިއެވެ. މި ޤަނޫނުން ނޫސްވެރިކަމަށް ހުރަސްއެޅޭގޮތަށް އޮތް އޮތުމަށްވެސް ބަދަލު ގެންނެވުމަށް ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ޤާނޫނު ބުނާގޮތުން، ނޫސްތަކުގައި މާސްދަތު ހާމަނުކޮށް ލިޔާ ޚަބަރުތަކުގައި، ހިމެނޭ މަސްދަތު ހާމަކުރުމަށްވެސް މަޖުބޫރުވެއެވެ. މިކަމާ ހުރިހާ މީދިއާތަކުން އަންނަނީ ދެކޮޅުހަދާ ކަންބޮޑުވުން ފާހަގަކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *