އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ހޯސްޓް އަދިއްތިޔާ ނަރާޔަން އޭނާގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
މިއީ އެމީހުންގެ ދަރިފުޅުގެ ފުރަތަމަ ދަތުރެވެ. މި ކުޑަ އާއިލާ ޗުއްޓީގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އެ މީހުން ވަނީ އިންސްޓަގްރާމުގައި އާންމުކޮށްފައެވެ.
އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ބަގްލިއޯނީ ރިސޯޓުގައި އެވެ. މިއީ ދަރިފުޅު ލިބުނު ފަހުން އެމީހުން އެކުގައި ކުރާ ފުރަތަމަ ދަތުރެވެ.
ދިހަ އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު އަދިތިޔާ އާއި ޝްވެތާ އަގަރްވާލް ކައިވެނިކުރީ 2020 ގައެވެ. އެމީހުނަށް ދަރިއަކު ލިބިފައިވަނީ މީގެ 6 މަސް ކުރިންނެވެ.
އަދިއްތިޔާ އާއި އޭނާގެ އަނބިމީހާ، ޝްވެތާ ރައްޓެހިވީ ދެމީހުން އެކުގައި ކުޅުނު ފިލްމު "ޝާޕިތު" ކުޅުނު ދުވަސްވަރުއެވެ. ނަމަވެސް ބޮލިވުޑްގައި އެކްޓަރުންގެ ގޮތުގައި ދެމީހުން ކުރެ އެކަކަށްވެސް ކުރިއަކަށް ނުދެވުނެވެ. އެއާއެކު އަދިއްތިޔާ ކެރިއަރު ބަދަލުކޮށް ލަވަކިއުމާއި ހޯސްޓް ކުރުމަށް ހުސްކުރީއެވެ. އޭނާ އަކީ މިހާރު އިންޑިއާގެ އެންމެ މަގުބޫލު ޝޯ ހޯސްޓުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.