ކުޅޭނެ ފިލްމެއް ސަންޖޭއަށް ނުލިބުމުން ލާރީގެ ތާށިކަން ވަރަށް ބޮޑުވި: މަހީޕް

ކުޅޭނެ ފިލްމެއް ސަންޖޭއަށް ނުލިބުމުން ލާރީގެ ތާށިކަން ވަރަށް ބޮޑުވި: މަހީޕް

"ކޮފީ ވިތު ކަރަން" އަކީ ބޮލީވުޑް ގިނަ ތަރިންގެ ދިރިއުޅުމުގެ ވާހަކަތައް އަޑުއަހާލަން ލިބޭ ޝޯ އެކެވެ. އެޝޯގައި ތަރިންގެ ޒާތީ ގިނަ މައުލޫމާތު ތަކެއް ހިއްސާކުރެއެވެ.

މިހާރު ކުރިއަށް ދަނީ މި ޝޯގެ 7 ވަނަ ސީޒަނެވެ. މި ސީޒަންގެ އެންމެ ފަހުގެ އެޕިސޯޑުގައި ބައިވެރިވީ ޒުވާން ތަރި، އަނައްނިޔާ ޕާންޑޭގެ މަންމަ، ބަވްނާ ޕާންޑޭ އާއި ޝާހުރުކް ހާންގެ އަންހެނުން ގޯރީ އާއި މަހީޕް ކަޕޫރުއެވެ.

އެ އެޕިސޯޑުގައި، ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކުރަމުން މަހީޕް ބުނީ އޭނާގެ ފިރިމީހާ ސަންޖޭ ކަޕޫރަށް ކުޅޭނެ ފިލްމެއް ނުލިބުމުން އެމީހުންގެ އާއިލާއަށް ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި ކަމަށެވެ.

 

View this post on Instagram

 

A post shared by Maheep Kapoor (@maheepkapoor)

އަދި އެކަންކަން އޭނާގެ ދެ ކުދިން ވެސް ތަހަންމަލް ކުރި ކަމަށާއި، އެކަމުން މިހާރު އަރައި ގަނެވިފައި ވާކަމަށް އޭނާވަނީ ބުނެފައެވެ. ސަންޖޭއަށް ކުޅޭނެ ފިލްމެއް ނުލިބުމުން ބޮލީވުޑްގެ ލަގްޒަރީ ދިރިއުޅުމުގެ އިތުރުން ފަގީރުކަން ވެސް ފެނިގެން ކުދިން ބޮޑުވެފައި ވާކަމަށް މަހީޕް ބުންޏެވެ.

"ސަންޖޭ ކުރާނެ މަސައްކަތެއް ނުލިބި ގޭގައި އެތައް އަހަރަކު އިންނަން ޖެހުން. އެހެން ވެ އަހަރެމެންގެ ކުދިންނަށް ގްލެމްގެ އިތުރުން ފަގީރު ދިރިއުޅުމަކީ ކޮބައިކަންވެސް އެނގޭނެ. އެކުދިން އެ ދުވަސްވެސް ދުށް"

– މަހީޕް

މީގެ އިތުރުން ބައެއް މީހުން އެމީހުންނާއި މެދުގައި ވަރަށް ނާކާމިޔާބު ބައެއް ކަމަށް ދެކެފައި ވާކަމަށް ވެސް އޭނާ ވަނި ބުނެފައެވެ. ސަންޖޭ އަކީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރ އަނިލް ކަޕޫރުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

 

View this post on Instagram

 

A post shared by Maheep Kapoor (@maheepkapoor)

ސަންޖޭ އަކީ އޭނާ ފިލްމު ކުޅެން ފެށިއިރު ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ތަރިއެކެވެ. ނަމަވެސް މަޑުމަޑުން އެނާގެ ތަރި އޮއްސި ބޮލީވުޑްގައި އޭނާ ކުޅޭނެ ފިލްމެއް ނުލިބޭ ހިސާބަށް ދިޔައީއެވެ.

ސަންޖޭ އާއި މަހީޕްގެ ދޮށީ އަންހެން ދަރިފުޅު އަންނަނީ ބޮލީވުޑަށް ތައާރަފް ވުމުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ޝަނާޔާ ކަޕޫރުގެ ފުރަތަމަ ފިލްމު މިހާރު ވަނީ އިއުލާން ވެސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *