މަހަށް ނިކުމެ އުޅުނު ގެމަނަފުށީ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މަހަށް ނިކުމެ އުޅުނު ގެމަނަފުށީ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ގުޅުންހުރި

ގއ. ގެމަނަފުށި މަސްދޯންޏަކުން މަހަށް ނުކުމެ އުޅުނު މީހަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

ނިޔާވީ ގެމަނަފުށީގައި ދުއްވާ "ދޮންދީދީީ" މަސްދޯނިން މަހަށް ގޮސް އުޅުނު، އެ ރަށު ނިއުލައިންގޭ، މުހައްމަދު ވަސީމް، 50، އެވެ.

ވަސީމްއަކީ މަހަށް ފުރިއިރުވެސް އަދި ދޯނީގައި އުޅުނުއިރުވެސް އެއްވެސް ސިއްޚީ މައްސަލައެއް ކުރިމަތި މީހެއް ނޫންކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީހުންނާއި އަބަދުވެސް ގާތް އެކުވެރި ގުޅުމެއް އޮންނަ ވަސީމަކީ ހިތްހެޔޮ މީހެއްކަމަށް ގެމަނަފުށީ ގިނަ މީހުން ބުނެއެވެ.

ވަސީމްގެ ހަށިގަނޑު ގެމެނަފުއްޓަށް ގެންގޮސް ރޭ ފަތިސް ނަމާދަށްފަހު ވަނީ ވަޅުލާފައެވެ. ޚަބަރު އޮންލައިންގެ ފަރާތުން ވަސީމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ