ނ.މާގޫދޫގައި އެމްޓީސީސީއިން ދެ މަޝްރޫޢެއްގެ މަސައްކަތް ފަށައިފި

ނ.މާގޫދޫގައި އެމްޓީސީސީއިން ދެ މަޝްރޫޢެއްގެ މަސައްކަތް ފަށައިފި

ގުޅުންހުރި

ނ.މާގޫދޫގައި ދެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މި މަޝްރޫޢުތަކަކީ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި، އައުޓްޑޯ ޖިމެއް ޤާއިމްކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ޚާއްޞަ އިރުޝާދުފުޅުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތައް ހުއްޓިފައި ނުވަތަ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ވަނީ ހަވާލުކުރެވިފައެވެ.

މާގޫދޫގައި ޖުމްލަ ގޮތެއްގައި 350 މީހުންގެ އާބާދީއެއް ދިރިއުޅޭއިރު، މި މަޝްރޫޢުތައް ތަރައްޤީވުމުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީއިން ޤަބޫލުކުރެއެވެ.

އަދި ހަމަ މިއާއެކު، ނ.އަތޮޅު ފޮއްދޫގައިވެސް ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއް ޤާއިމްކުރުމުގެ އިތުރުން އިތުރު 4 ތަނެއް ތަރައްޤީކުރުމަށް މި ހަފުތާގެ ބުރާސްފަތި ދުވަހު އެމްޓީސީސީއާ ވަނީ ހަވާލުކުރެވިފައެވެ.

އެމްޓީސީސީއަކީ 44 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމާއި، މިހާތަނަށް ވެސް ޢުމްރާނީ އަދި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ