ޑޮކްޓަރ ޖީގައި އަޔުޝްމާނަކީ ގައިނީއެއް!

ޑޮކްޓަރ ޖީގައި އަޔުޝްމާނަކީ ގައިނީއެއް!

ތަފާތު ރޯލުތައް ކުޅުމަށް މަޝްހޫރު އެކްޓަރ އަޔުޝްމާން ކުރާނާގެ ކުރިއަށް އޮތް ފިލްމު "ޑޮކްޓަރ ޖީ" ގައި އޭނާ ފެނިގެންދާނީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައެވެ.

ޓްރެއިލާ އާންމުކޮށްފައިވާ މި ފިލްމުގައި ފެނިގެންދާނީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ވުމުގެ ސަބަބުން އޭނާއަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.

3 ވަރަކަށް މިނިޓްގެ ޓްރެއިލާގައި ފިރިހެނަކު ގައިނޮކޮލޮޖިސްޓަކަށްވުމުން ދިމާވާ ހުރަސްތަކާއި އެކަން ކުރުމުގައި ދިމާވާ ގޮންޖެހުންތައް މާޖާގޮތަކަށް ގެެނެސްދީފައި ވެއެވެ.

އަންނަ މަހުގެ 14 ގައި ސިނަމާތަަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ، އަބަދު ވެސް ވަރަށް ތަފާތު ކޮންޓެންޓް އެކުލެވޭ ފިލްމުތައް ކުޅެމުން އަންނަ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރުގެ ވަރަށް ޝައުގުވެރި ފިލްމަކަށް ވާނެއެވެ.

 

View this post on Instagram

 

A post shared by Ayushmann Khurrana (@ayushmannk)

މި ފިލްމްގައި އަޔުޝްމާންގެ އިތުރުން ފެނިގެންދާނީ ޝެފަލީ ޝާހް އާއި ރަކުލް ޕްރީތު ސިންގްއެވެ. "ޑޮކްޓަރު ޖީ" ޑައިރެކްޓު ކޮށްފައިވަނީ އަނުބުތީ ކަޝްޔަޕްއެވެ.

ޖަންގްލީ ޕްރޮޑަކްޝަންގެ ފަރާތުން ގެނެސްދޭ މި ފިލްމަކީ އެމީހުންނާއެކު އަޔުޝްމާން މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން އަޔުޝްމާން ވަނި އެ ޕްރޮޑަކްޝަން ހައުސްއާއެކު "ބަރޭލީ ކީ ބަރްފީ" އާއި "ބަދާއި ހޯ" ގެނެސްދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.