ސަލްމާންގެ ޑޮކިއުމެންޓްރީ އޭނާގެ އުފަން ދުވަހު

ސަލްމާންގެ ޑޮކިއުމެންޓްރީ އޭނާގެ އުފަން ދުވަހު

Author
ފާތިމަތު ނާވީ
21 ސެޕްޓެމްބަރ 2022 07:10
0

ބޮލީވުޑުގެ ސުޕަރ ސްޓަރ ސަލްމާން ޚާންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޑޮކިޔުމެންޓްރީ ސީރީޒް "ސަލްމާން ޚާން: ބިޔޯންޑް ދަ ސްޓަރ" އޭނަގެ އުފަން ދުވަސް ކަމަށްވާ ޑިސެމްބަރު 27 ގައި ރިލީޒްކުރަން ނިންމައިފިއެވެ.

ފިލްމީ މަސައްކަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ސަލްމާން ވަނީ ކާމިޔާބު އެތައް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

ދަބަންގް ޚާން އަދި ބައިޖާންގެ ގޮތުގައި މަޝްހޫރު ސަލްމާންގެ ޑޮކިއުމެންޓަރީގައި އާއިލާއާއި ރަހުމަތްތެރިންނާއި ފިލްމީ ކެރިއަރުގައި ދިމާވެފައިވާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި އެހެނިހެން ވެސް މީހުންގެ އިތުރުން ހަޔާތުގައި ދިމާވި ހުރަސްތަކާއި ދަތިތައް ދައްކުވައި ދޭނެއެވެ.

މި ޑޮކިއު-ސީރީޒް ހަދާފައި ވަނީ އެޕްލޯން އެންޓަޓައިންމަންޓާއި ސަލްމާންގެ ފިލްމު ކުންފުނި، އެސްކޭއެފް ގުޅިގެންނެވެ. "ބިޔޯންޑް ދަ ސްޓަރ" ގައި ބޮޑަށް ގެނެސްދޭނީ ސަލްމާނުގެ ފިލްމީ ކެރިއަރުގެ ވާހަކައެވެ. އެހެންނަމަވެސް އަމިއްލަ ދިރިއުޅުމުގައި ތަޖުރިބާކުރަން ޖެހުނު ކަންކަންވެސް ކޮންމެ ވެސް ވަރަކަށް ގެނެސްދޭނެއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ސަލްމާނާއެކު އެކި ދުވަސްވަރު ފިލްމުތައް ހެދި ޑައިރެކްޓަރުންގެ އިންޓަވިއުތައް ވެސް ޑޮކިއުމަންޓްރީގައި ހިމެނޭނެއެވެ. އޭގެ ތެރޭގައި ސޫރަޖް ބަރްޖަތިއާ، ސަންޖޭ ލީލާ ބަންސާލީ، ސުބާޝް ގާއީ އަދި ޕްރަބޫދޭވާ ހިމެނެއެވެ. ސަލްމާންގެ ކޮއްކޮ ސޮހައިލް ޚާނާއި ބަތަލާ ޑިޝާ ޕަޓާނީ އާއި ބަގިޔަޝްރީ އާއި ލަވަކިޔުންތެރިޔާ ކަމަލް ޚާންގެ އިތުރުން ހިމޭޝް ރޭޝަމިއާގެ އިންޓަވިއު ވެސް މި ޑޮކިއުމެންޓްރީގައި ހިމެނޭނެއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

"ބިޔޯންޑް ދަ ސްޓަރ" ޑިސެމްބަރު 27 ގައި ރިލީޒްކުރަން ނިންމި ނަމަވެސް އެ ބެލޭނީ ސީދާ ކޮން ޕްލެޓްފޯމަކުން ކަމެއް އަދި ހާމައެއްނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޜ ޜަނާ
ނާކާމިޔާބު ފިލްމް ތަކެއްވެސް ކުލުނެއްނު ފުރަތަމަ ފިލްމަށްްފަހު އެތައް ފިލްމެއް ނާކާމިޔާބުވި