ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

Author
ހުސެއިން
21 ސެޕްޓެމްބަރ 2022 06:55
0

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް ދޭކުން މީހަކު ގެއްލިގެން ހޯދަމުންދަނީ މުޙައްމަދު އަޛުހާން ނަމަކަށް ކިޔާ 27 އަހަރުގެ ޒުވާނެއް ކަމަށެވެ.

ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި މި މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ 2022 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ކަމަށާއޮ، އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ, ފުލުހުން އާންމު ކޮށްފައިވާ ޒުވާނާގެ ފޮޓޯ

ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުއްވުމަށްވެސް ފުލުހުން އެދިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.