"ބްރައްމަސްތުރާ" ގެ ކާމިޔާބީ ފާހަގަ ކުރަން މޯނީ ރާއްޖޭގައި

"ބްރައްމަސްތުރާ" ގެ ކާމިޔާބީ ފާހަގަ ކުރަން މޯނީ ރާއްޖޭގައި

Author
ފާތިމަތު ނާވީ
19 ސެޕްޓެމްބަރ 2022 12:06
0

ގިނަ ރެކޯޑްތަކެއް މުރުގަމުން އަންނަ ފިލްމު "ބްރައްމަސްތުރާ" ގައި ޖުނޫންގެ ކެރެކްޓާ ކުޅުނު ބަތަލާ މޯނީ ރޯއި އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ފިލްމުގެ ބޮޑު ކާމިޔާބީ އާއެކުގައި ފިލްމުގެ މުޅި ޓީމުން ވެސް އަންނީ އުފާ ފާޅު ކުރަމުންނެވެ. އެއާ އެކުގައި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެން ދިޔަ މޯނީ ވެސް އަންނަނީ މިއުފާ ފާހަގަ ކުރަމުންނެވެ. މިވަގުތު މޯނީ ހުރީ ރާއްޖޭގައެވެ.

މި ޗުއްޓީ ދަތުރުގައި މޯނީ އާއި އޭނާގެ ފިރިމީހާގެ އިތުރުން ބައެއް އާއިލާ މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޅ. އަތޮޅުގައި އޮންނަ ފުށިފަރު ރިސޯޓުގައެވެ.

 

View this post on Instagram

 

A post shared by mon (@imouniroy)

މޯނީ އަންނަނީ މި ޗުއްޓީގެ ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާ ކުރަމުންނެވެ. މީގެ ކުރިންވެސް މޯނީ ވަނީ ރާއްޖޭގެ އެކި ރިސޯޓް ތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ މޯނީ، 36، ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރުގެ ފިލްމް 'ގޯލްޑް" އިންނެވެ.

 

View this post on Instagram

 

A post shared by mon (@imouniroy)

ނަމަވެސް މިހާތަނަށް މާބޮޑު ކާމިޔާބެއް މޯނީއަށް ބޮލީވުޑުން ހޯދިފައެއް ނުވެއެވެ. "ބަރައްމަސްތުރާ" އާއެކުގައި ހުރިހާ ކަމެއް ބަދަލުވެގެން ދާނެކަމަށް ބެލެވެއެވެ. އެއީ ފިލްމު ހޯދަމުން އަންނަ ކާމިޔާބީގެ އިތުރުން އޭނާގެ ކެރެކްޓާއަށް އާންމުންގެ ތައުރީފް ލިބެމުން ދާވަރު ބޮޑު ކަމުންނެވެ.

 

View this post on Instagram

 

A post shared by mon (@imouniroy)

އަޔާން މުކަރްޖީ ޑައިރެކްޓްކުރި "ބުރައްމަސްތުރާ: ޕާޓް ވަން-ޝިވާ" ގެ ލީޑުން ފެނިގެންދަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓެވެ. މިމަހުގެ 9 ވަނަ ދުވަހުގައި އެޅުވި މި ފިލްމަށް އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.