ބައެއްގެ އަޚުލާގު އެންމެބޮޑަށް ފެނިގެންދަނީ އެބަޔަކު ދިރިއުޅޭ ވެށިން: ނައިބު ރައީސް

ބައެއްގެ އަޚުލާގު އެންމެބޮޑަށް ފެނިގެންދަނީ އެބަޔަކު ދިރިއުޅޭ ވެށިން: ނައިބު ރައީސް

ބައެއްގެ އަޚުލާގު އެންމެބޮޑަށް ފެނިގެންދާނީ އެބަޔަކު ދިރިއުޅޭ ވެއްޓާއި މާޙައުލުގެ ސާފުކަމުންކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ "ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަކުރުމަށް އެޗްޑީސީން ބޭއްވި "ދުނިޔެ މަގޭ" ޙަރަކާތް ފަށްޓަވައިދެއްވައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށާފައިވާ "ދުނިޔެ މަގޭ" ސާފުކުރުމުގެ ހަކާތުގައި އެކިއެކި މުވައްސަސާތަކާއި ސްކޫލް ދަރިވަރުން ހިމެނޭހެން 1600އަށްވުރެ ގިނަމީހުން ބައިވެރިވެފައިވެއެވެ. ހުޅުމާލޭގައި މި ހަރަކާތް ފަށާފައިވަނީ ފޭސް1 އަދި ފޭސް2އާ ގުޅޭ ސަރަޙައްދުންނެވެ. މި ޙަރަކާތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ރައީސުލްޖުއްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ވެށި ސާފުކޮށް ބޭއްވުމުގެ މަސައްކަތަކީ، ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ މަސައްކަތެއްކަމަށެވެ. ޚާއްސަކޮށް ރާއްޖެފަދަ ޤައުމެއްގެ ވެށްޓަކީ ވަރަށް ނާޒުކު ތަނެއްކަމަށާ، އަންނަން އޮތް ޖީލުތަކަށް ވާސިލްވުމަށް، މިވެށި ސާފުކޮށް ބާއްވަންޖެހޭކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ މަގުމަތިން ނަގާ ކޮންމެ ކުނިކޮޅަނީ ކޮންމެވެސް މީހެއްގެ އިޙުމާލެއްކަމަށެވެ. މިކަމުގެ ހަޑި، އެންމެނަށް ލިބޭކަމަށެވެ. ތިބާ ދިރުއުޅޭ ގޯއްޗާއި، މަގުތަކާއި ރާއްޖޭގެ ރީތި ފަރުތަކާއި ގޮނޑުދޮށްތައް ސާފުކޮށް އޮތުމަކީ، މުޅި ރާއްޖެއަށްވެސް ލިބޭނެ ހިތްގައިމުކަމަކަށް ވާނެކަމަށެވެ. ރާއްޖެއަށް ކޮންމެ ދުވަހަކުވެސް އެތަށް ފަތުރުވެރިންނެއް އަންނައިރު، "ރާއްޖެ" އެމީހުންނަށް އެންމެ ބޮޑަށް ސިފަކުރެވޭނީ އަހަރަމެންގެ ވެށީގެ ސާފުކަމާއި ރިވެތި އާދަތަކުންކަމަށެވެ. ކުނީގެ މައްސަލައަކީ ރައްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، މިއީ ކޮންމެ ދިވެއްސަކުވެސް ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއްކަމަށެވެ.

އެޗްޑީސީން ކުރިަަށްގެންދާ މި ހަރަކާތަކީ، އަހަރުގައި ބާއްވާ އެންމެބޮޑު ސާފުކުރުމުގެ ހަރަކާތެކެވެ. ގިނަ މުވައްސަސާތަކާއި ޖަމްޢިއްޔާތައް އަދި ސްކޫލްތަކުން ބައިވެރިވި މި ހަރަކާތުގައި 1600އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި ހަރަކާތުގައި ހުޅުމާލޭގެ ގޮނޑުދޮށްތަކާއި ޕާކުތައް އަދި މަގުތައްވެސް ސާފުކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *