ޖެނީފާ އާއި ޑޭޓް ކުރަން ބޭނުން: ވިޝާލް

ޖެނީފާ އާއި ޑޭޓް ކުރަން ބޭނުން: ވިޝާލް

Author
ފާތިމަތު ނާވީ
18 ސެޕްޓެމްބަރ 2022 08:08
0

ސިލްސިލާ ޑްރާމާ ތަކުން މަގުބޫލު ކަން ހޯދައިފައިވާ ރީތި ބަތަލާ ޖެނިފާ ވިންގެޓް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެން ބޭނުންވާކަމަށް ބިގްބޮސް 13 އިން މަގުބޫލުކަން ހޯދާފައިވާ ވިޝާލް އަދިއްތިޔާ ސިންގް ބުނެފިއެވެ.

"ބިގްބޮސް 13″ގެ އިތުރުން ވިޝާލް ވަނީ ދާދިފަހުން ރޯހިތު ޝެޓީ ގެނެސްދޭ ރިއަލިޓީ ޝޯ "ހަތުރޯންކީ ކިލާޅީ" ގައިވެސް ވާދަކޮށްފައެވެ.

 

View this post on Instagram

 

A post shared by Vishal Aditya Singh (@vishalsingh713)

ބޮލީީވުޑްގެ ޚަބަރުތަށް ގެެނެސްދޭ ނޫހަކަށް ދިން އިންޓަވިއުއެއްގައި 34 އަހަރުގެ އެކްޓަރު ބުނެފައިވަނީ ސޯޝަލް މީޑީއާގެ ހުރިހާ ޕްލެޓްފޯމްއެއްގައި ވެސް އޭނާ ޖެނިފާ ފޮލޯ ކުރާކަމަށާއި އެއީ އޭނާއަށް ވަރަށް ކަމުދާ ތަރިއެއް ކަމަށެވެ.

"ސޯޝަލް މީޑިއާގައި ޖެނީ ކުރާ ހުރިހާ ޕޯސްޓެއް ބަލަން. ލައިކް ވެސް ދެން. ހާޓްވެސް ދެން. އަހަރެންނަށް ޖެނީ ވަރަށް ކަމުދޭ ވަރަށް ލައިކްވޭ"

– ވިޝާލް

 

View this post on Instagram

 

A post shared by Jennifer Winget (@jenniferwinget1)

މީގެ އިތުރުން ވިޝާލް ބުނީ އޭނާ ހިތާއި ހަށިގަނޑާއި ފުރާނާއާއި ސިކުނޑިވެސް ޖެނިފާއަށް ހިބަކޮށް ދީފައިވާ ކަމަށާއި އެހާ ވެސް ޖެނިފާ ކަމުދާ ކަމަށެވެ. އަދި ޖެނިފާގެ ރުހުން ލިބިއްޖެ ނަމަ އޭނާ ލޯބީގެ ގޮތުން ގުޅެން ތައްޔާރަށް ހުރި ކަމަށް ވެސް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

37 އަހަރުގެ ޖެނިފާ ވަނި މީގެ ކުރިން އެކްޓަރު ކަރަން ސިންގް ގްރޯވާއާ ކައިވެނި ކޮށްފައިއެވެ. 2012 ވަނަ އަހަރު ކުރި އެކައިވެނި ވަނީ 2014 ވަނަ އަހަރުގައި ރޫޅިފައެވެ. އެކައިވެނިން އެމީހުންނަށް ދަރިއަކު ލިބިފައެއް ނުވެއެވެ. އަދި އެއަށް ފަހު ޖެނީފާ އެއްވެސް މީހަކާއި ކައިވެނި ކޮށްފައެއް ނުވެއެވެ.

ކަރަން މިހާރު ކައިވެނި ކޮށްގެން އުޅެނީ ބޮލީވުޑް ބަތަލާ ބިޕާޝާ ބާސޫ އާއެވެ. އަދި އެ ދެމަފިރިންނަށް ވަރަށް އަވަހަށް އަލަތު ދަރިއަކު ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.