ވިކީ އާއި ކެޓްރީނާ އެކުގައި ފުރަތަމަ ފަހަރަށް

ވިކީ އާއި ކެޓްރީނާ އެކުގައި ފުރަތަމަ ފަހަރަށް

Author
ފާތިމަތު ނާވީ
15 ސެޕްޓެމްބަރ 2022 08:00
0

އިންޑިއާގެ އޮންލައިން ޓްރެވެލް އޭޖެންސީ، ކްލިއާޓްރިޕް އިންޑިއާ ޕްރައިވެޓް ލިމިޓެޑްގެ ބްރޭންޑް އެމްބެސެޑަރުންނަށް ވިކީ ކޯޝަލާއި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި ކެޓްރީނާ އާއި ވިކީ އެއްވެސް ފިލްމަކުން ނޫނީ އިޝްތިހާރަކުން ވެސް އެކުގައި އަދި މިހާތަނަށް ނުފެނެއެވެ. އެކަމަކު ބައެއް އެވޯޑު ހަފްލާތަކުން އެކުގައި ވަނީ ފެނިފައެވެ.

ކްލިއާޓްރިޕް އާންމުންގެ ތެރޭގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ ގޮތުން ވިކީ އާއި ކެޓްރީނާ ހިމަނައިގެން ތަފާތު ޓީވީ އިޝްތިހާރުތައް ވެސް ގެނެސްދޭނެއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އެއާއި އެކުގައި ދެމެފިރިން އެކުގައި ސްކްރީނުން ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބިގެން ދާނެއެވެ. ކްލިއާޓްރިޕް ކުންފުންޏާއެކު މަސައްކަތް ކުރާކަން ވިކީ އާއި ކެޓްރީނާ ވެސް ވަނީ ޔަގީންކޮށްދީފައެވެ. ދަތުރުފަތުރުގެ ދާއިރާއަށް ބަދަލުތަކެއް ގެންނާނެ އެ ކުންފުންޏާ އެކު މަސައްކަތް ކުރުމަކީ އުފަލެއް ކަމަށް އެމީހުން ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ދެ ތަރިން ފުރަތަމަ އިޝްތިހާރު ޝޫޓްކޮށްފައިވެއެވެ. ނަމަވެސް އެ އިޝްތިހާރު އަދި މިހާތަނަށް އާންމެއް ނުކުރެއެވެ. ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ދެމަފިރިންގެ އޮންސްކްރީން ކެމިސްޓްރީ ދެކިލަން ކެތްމަދުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.