ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނުނިންމާ، އަދި ބިޑިން މަރުހަލާގައި މަކަރު ހަދާފައިވާ 11 ކުންފުންޏެއް ފިނޭންސް މިނިސްޓްރީން ސަސްޕެންޑް ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީންވަނީ މިމަހުގެ 12 ވަނަ ދުވަހު، ސަސްޕެންޑް ކުރި ކުންފުނިތަކުގެ ލިސްޓު އާންމު ކޮށްފައެވެ. އޭގެ އިތުރުން މި ކުންފުނިތައް ސަސްޕެންޑް ކުރި ސަބަބުވެސް ހާމަކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ކުންފުނިތައް ބިޑިން މަރުހަލާގައި މަކަރު ހެދުމުގެ ސަބަބުން ސަސްޕެންޑް ކޮށްފައި ވާއިރު، ގިނަ ކުންފުނިތައް ސަސްޕެންޑް ކޮށްފައިވަނީ މަސައްކަތް ހަވާލު ކުރުމަށްފަހު އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނުނިންމުމާއި ގުޅިގެންނެވެ.
ފިނޭންސް މިނިސްޓްރީން ސަސްޕެންޑް ކޮށްފައިވާ ކުންފިނި ތަކަކީ:
- ގުޑް ވޯކްސް މޯލްޑިވްސް: މެރިން ރިސާޗް ސެންޓަރުގެ ސެކިއުރިޓީ ބެލެހއްޓުމުގެ މަސައްކަތް އެއްބަސް ވުމާއި އެއްގޮތަށް ނުކުރެވުން.
- މެރިސް ޕްރައިވެޓް ލިމިޓެޑް: ނ.އަތޮޅު ސުކޫލުގައި ދެ ބުރީގެ މަލްޓި ޕާޕޯސް ހޯލެއް އެޅުމުގެ މަޝްރޫޢު ނުނިންމުން.
- ވިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވޭނެއް ހޯދުމަށް ކުރި ބީލަން ކާމިޔާބުކުރުމުގައި އޮޅުވާލާފައިވުން.
- ޓޮމީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވޭނެއް ހޯދުމަށް ކުރި ބީލަން ކާމިޔާބުކުރުމުގައި އޮޅުވާލާފައިވުން.
- ޓީއެންޑް ބީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވޭނެއް ހޯދުމަށް ކުރި ބީލަން ކާމިޔާބުކުރުމުގައި އޮޅުވާލާފައިވުން.
- ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ވ. ކެޔޮދޫއާއި ރ. އުނގޫފާރުގައި މަލްޓި ޕާޕޯސް ހޯލު އެޅުމުގެ މަޝްރޫޢު މުއްދަތައް ނުނިންމުމުން.
- އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ބީލަމުގެ މަރުހަލާގައި ފޯޖުކޮށްފައިވާ ލިޔުންތަކެއް ހުށަހެޅުމުން
- ކޭއެސްއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ހުޅުމާލޭ ހިސްޕިޓަލް ފޮޅާ ސާފު ކުރުމުގެ ބިޑަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅުމުގެ ސަބަބުން.
- އެސްޓޮނިޝް ކްލީނިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް: ހުޅުމާލޭ ހޮސްޕިޓަލް ފޮޅާ ސާފު ކުރުމުގެ ބިޑަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅުމުގެ ސަބަބުން.
- މޫވް-އެކްސް: ށ.މިލަންދޫ ކައުންސިލަށް ޕިކަޕެއް ހޯދަން ހަވާލުކުރުމުން އެމަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނުނިންމުން.
- އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: ށ.ފޯކައިދޫ އިޖުތިމާއީ މަރުކަޒުގެ މަސައްކަތް މުއްދަތަށް ނުނިންމުން.
މީގެތެރެއިން ގިނަ ކުންފުނިތައް ސަސްޕެންޑް ކޮށްގައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަނެއްބައި ކުންފުނިތައް ސަސްޕެންޑް ކޮށްފައިވަނީ 3 މަހާއި 6 މަހުގެ މުއްދަތަކަށެވެ.
ކޮމެންޓު ފޮނުވާ