ތުޝާރްގެ 'މާރިޗް" ޑިސެމްބަރުގައި

ތުޝާރްގެ 'މާރިޗް" ޑިސެމްބަރުގައި

Author
ފާތިމަތު ނާވީ
15 ސެޕްޓެމްބަރ 2022 07:59
0

ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ ދަރިފުޅު އަދި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ކޮއްކޮ ތުޝާރް ކަޕޫރު ގެެސްދޭ ފިލްމް "މާރިޗް" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

"ތުޝާރް ޕްރޮޑަކްޝަން ހައުސް" އިން ގެނެސްދޭ ދެވަނަ ފިލްމު "މާރިޗް" ގެ ލީޑުން ފެނިގެންދާނީ ނަސީރުއްދީން ޝާހްއެވެ. މީގެ އިތުރުން ފިލްްމުން ތުޝާރް ކަޕޫރް އާއި އަނީތާ ހައްސަނަންދާނީ އަދި ރާހުލް ދޭވް ވެސް މުހިންމު ރޯލުތަކުން ފެނިގެން ދާނެއެވެ.

"މާރިޗް" ގެ ޓީޒާކޮޅެއް ދައްކާލައިފާ ވާއިރު ފިލްްމު ރިލީޒް ކުރާ ދުވަސް ވެސް ވަނީ އިއުލާން ކޮށްފައެވެ. މިއަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް ތާވަލް ކޮށްފައިވާ ފިލްމަކީ ބެލެވޭ ގޮތުގައި ބިރުވެރި ފިލްމެކެވެ.

ތުޝާރުގެ ޕްރޮޑަކްޝަން ހައުސް އިން އެންމެ ފުރަތަމަ ޕްރޮޑިއުސް ކުރި ފިލްމް އަކީ އަކްޝޭ ކުމާރުގެ 2019 ވަނަ އަހަރުގެ ފިލްމު "ލަކްޝްމީ" އެވެ.

 

View this post on Instagram

 

A post shared by Tusshar Kapoor (@tusshark89)

45 އަހަރުގެ ތުޝާރަކީ ކުރިން ބައެއް ފިލްމު ތަކުން ފެނިގެން ގޮސްފައިވާ އެކްޓަރެކެވެ. ނަމަވެސް އޭނާގެ އެކްޓިންގ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. އެހެންވެ މަޑުމަޑުން އޭނާގެ އެކްޓިންގ ކެރިއަރު ހަލާކުވެގެން ދިޔައީއެވެ.

ކައިވެނި ނުކޮށް، ސަރޮގޭޓް ދަރިއެއް ތުޝާރު ހޯދި އިރު ހަމަ އެގޮތަށް އޭނަގެ ދައްތަ އެކްތާ ވެސް ދަރިޔަކު ހޯދާފައި ވެއެވެ.

 

View this post on Instagram

 

A post shared by Tusshar Kapoor (@tusshark89)

ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ނުހޯދުނު ތުޝާރު، އިންޑަސްޓްރީއަށް ނުކުތީ ކަރީނާ ކަޕޫރާއެކު ކުޅުނު ފިލްމު "މުޖެ ކުޗް ކެހެނާ ހޭ" އިން 2001 ވަނަ އަހަރުއެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވެނީ ރޯހިތު ޝެއްޓީގެ "ގޯލްމާލް" ފްރެންޗައިޒްގައި ކުޅޭ މަންމަނު ލަކީ ގިލްގެ ކެރެކްޓާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.