މިތަނުން ކަމުދަނީ ކޮން ނަންދިނީ އެއް؟

މިތަނުން ކަމުދަނީ ކޮން ނަންދިނީ އެއް؟

ބޮލީވުޑްގެ ރީތި ބަތަލާ އައިޝްވާރިޔާ ރާއީގެ ކުރިއަށް އޮތް ފިލްމު "ޕޮނިޔިން ސެލްވަން" ގައި އޭނާ ފެނިގެންދަނީ ނަންދިނީ ކިޔާ ރާނީއެއްގެ ގޮތުގައެވެ. މި ފިލްމަކީ އައިޝްވަރްޔާ ޑަބަލް ރޯލުން ފެނިގެންދާނެ ފިލްމެކެވެ.

"ޕޮނިޔިން ސެލްވަން" ނުވަތަ "ޕީއެސް1″ގެ ޓީޒާގެ އިތުރުން މިހާރު ވަނީ ޓްރެއިލާ ވެސް ދައްކާލައިފައެވެ. ސައުތުގެ ސްޓާރުންނާ އެކުގައި އައިޝްވާރިޔާ ފެނިގެންދާ ފިލްމު ހިންދީ ބަހުން އަޑު އަޅައިގެން ގެނެސްދޭނެއެވެ.

ހަތަރު އަހަރު ފަހުން އައިޝްވާރިޔާ ފިލްމަކުން ފެނިގެންދާއިރު މި ފިލްމުގެ މުހިންމު ރޯލު ތަކުން އޭނާގެ އިތުރުން ފެނިގެންދާނީ ކާތީ، ތްރިޝާ ކްރިޝްނަން، ޕްރަކާޝް ރާޖް، ޖަޔަރަމް އަދި ޖަޔަމް ރަވީ ފަދަ ތަރިންނެއެވެ. "ޕީއެސް 1″ ނެރެން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

މި ފިލްމުގައި އައިޝްވާރިޔާ ކުޅެނީ ނަންދިނީ ކިޔާ ރާނީއެއްގެ ރޯލެވެ. ވަރަށް އިންޑިއަން ޓްރެޑިޝަނަލް ހެދުން ތަކެއްގައި އައިޝްވާރްޔާ މި ފިލްމްގައި ފެނިގެންދާއިރު މީގެ 23 އަހަރު ކުރިންވެސް އޭނާ ވަނީ ނަންދިނީ ކިޔާ ކެރެކްޓާއެއް ކުޅެފައެވެ.

1999 ވަނަ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ "ހަމް ދިލް ދޭޗުކޭ ސަނަމް" ގައި ވަރަށް ލުއި މޭކަޕެއްގައި ވަރަށް އާދައިގެ ދިރިއުޅުމެއްގައި އުޅެމުން އައި ނަންދިނީއެއް ދައްކައިދީފައި ވާއިރު އެއީ މިއަދު ވެސް ގިނަ ބަޔަކަށް ކަމުދާ ފިލްމެކެވެ.

މި ކާމިޔާބު ފިލްމްގައި އައިޝްވާރިޔާ ފެނިގެން ގޮސްފައިވަނީ ސަލްމާން ޚާނާއި އަޖޭ ދޭވްގަންއާ އެކުގައިއެވެ. ނަންދިނީ މި ނަމަކީ އައިޝްވާރިޔާ އާއި ވަރަށް ގުޅޭ ނަމެއް ކަމަށް ގިނަބަޔަކު ބުނެއެވެ.

ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ ނަންދިނީގެ ކެރެކްޓާގައި އައިޝްވާރިޔާ އެންމެ މޮޅީ ކޮން ފިލްމެއްގައި ތޯ ބަލާލުމަށެވެ. "ހަމް ދިލް ދޭޗުކޭ ސަނަމް"ގެ ނަންދިނީތޯ ނުވަތަ "ޕޮނިޔިން ސެލްވަން"ގެ ނަންދިނީތޯ އެވެ؟

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *