ތަރުޖަމާނުކަމާއި ހަވާލުވުމަށްފަހު މިއުވާން ބާއްވާ ފުރަތަމަ ޕްރެސް މިއަދު

ތަރުޖަމާނުކަމާއި ހަވާލުވުމަށްފަހު މިއުވާން ބާއްވާ ފުރަތަމަ ޕްރެސް މިއަދު

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2022 10:52
0

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމާއި ހަވާލުވުމަށްފަހު މިއުވާން މުހައްމަދު ބާއްވާ ފުރަތަމަ ޕްރެސް ކޮންފަރެންސް މިއަދު ބާއްވަން ހަމަޖެހިއްޖެއެވެ.

މީގެ ކުރިން ތުޖަމާނު ކަމުގައި މަބުރޫކް ހުންނެވިއިރުވެސް ކޮންމެ މަހަކު ގެންދެވީ ޕްރެސް ކޮންފަރެންސް ބާއްވަމުންނެވެ. މިއުވާން ރައީސް އޮފީހުގެ ތަރުޖަމާނު ކަމާއި ހަވާލުވުމަށްފަހު ބާއްވާ ފުރަތަމަ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 1 ޖަހާއިރުއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި މިހާތަނަށް ހުންނެވި މިއުވާން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހަމަޖައްސަވާފައިވަނީ އެމަޤާމު ފުރުއްވަމުން ގެންދެވި މުހައްމަދު މަބުރޫކް އަޒީޒު އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމު އުފައްދަވައި އެމަޤާމަށް މަބުރޫކް އައްޔަން ކުރެއްވީ 2021 ޖަނަވަރީ 1 ވަނަ ދުވަހުއެވެ. މަބްރޫކް އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ އޮފީހާއި ސަރުކާރަށް އޭނާ ކޮށްދެއްވާފައި ވަނީ ވަރަށް އިޚުލާސްތެރި، އަދި އަގުހުރި ޚިދުމަތްތަކެއްކަން ފާހަގަކޮށް އޭނާ ކޮށްދެއްވާފައިވާ ތަޢުރީފު ހައްޤު މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރެއްވި މިއުވާނަކީ މީޑިއާގެ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައިވާ މީޑިއާތަކާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.