ހއ. އިވަވަންދު ގެއްއެއްގައި މިއަދު މެންދުއް ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑު ގެއްލުންތަކެއް ވެއްޖެއެވެ.
ތިން ކޮޓަރީގެ އެގޭގައި ރޯވި އަލިފާން ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކޮންޓްރޯލް ކޮށްފައިވަނީ މެންދުރު 1:15 ހާއިރުގައެވެ. އަލިފާނުގެ ނިހާދިސާގައި އެގޭގެ ތިން ކޮޓަރީގައިވެސް އަލިފާން ރޯވެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައެވެ.

މިހާދިސާގައި އެއްވެސްމީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެކަކަށްވަނީ ސިއްހީމަރުކަޒުން ފަރުވާ ދީފައެވެ. މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ، އެގޭ ކުޑަ ކުއްޖަކު އަލިފާނާއި ކުޅެންއުޅުމުގެ ތެރޭގައި ހުޅުހިފައިގެންނެވެ. ބޮޑަށް އަލިފާން ރޯވެފައިވާ ބައިގައި ގިނަ އަދަދަކަށް ލަކުޑިހުރުމުން އަލިފާން ނިންވަން ވަރަށް އުނދަގޫވިއެވެ. އަލިފާން ކޮންޓްރޯލް ކުރެވުނީ ރަށުގެ އިރުމަތީ ފަރާތުމޫދަށް ހޮޅިގުޅައިގެން ޕަންޕުން ފެން ޖަހައިގެންނެވެ.
މިހާދިސާގައި ނަލައައްސޭރިޔާއި ޖެހިގެން ދެކުނަށްހުރި، ބަނަފްސާގެއަށްވެސް އަލިފާނުގެ އަސަރު ކޮންމެވެސްވަރަކަށް ކުރިއެވެ. އެގޭގެ ޓިނުން ބަޔަކަށް އަލިފާނުގެ އަސަރު ކުރިނަމަވެސް އަލިފާން ފެތުރި ނުގަންނަނީސްވަނީ ކޮންޓްރޯލް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ