މާމަގެ ފައްޓަރުބައި ވިއްކައިގެންވެސް ޗައިނާގެ ދަރަނި އަދާނުކުރެވޭނެ: ނަޝީދު

މާމަގެ ފައްޓަރުބައި ވިއްކައިގެންވެސް ޗައިނާގެ ދަރަނި އަދާނުކުރެވޭނެ: ނަޝީދު

އަޅުގަނޑު މެން ދިވެހިން މާމަގެ ފައްޓަރުބައި ވިއްކާލިޔަސް ޗައިނާ އަށް ދަރާފައިވާ ދަރަނި ނުދެއްކޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދަކީ ތަކުރާރުކޮށް ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުގެ ވާހަކަ ދައްކަވާ ބޭފުޅެކެވެ.

ނަޝީދުގެ ރަސްމީ ޓްވިޓަރ އެކައުންޓުން، އިހުގެ ފައްޓަރުބައެއްގެ ފޮޓޯއާއި އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ބަޖެޓް ބަހުސްގައި، ދަރަނި އަދާކުރުމަށް އަންނައަހަރު ދައުލަތުގެ އާމްދަނީގެ 53 އިންސައްތަ ހޭދަވާނެކަން ފާހަގަ ކުރެއްވެވުނު ކަމަށެވެ. އަދި މި އަދަދުގެ ދަރަނީގެ ތެރެއިން 80 އިންސައްތަ އަކީ ޗައިނާ އަށް ދައްކަން ޖެހޭ ދަރަނިކަން ނަޝީދު ފާހަގަ ކުރެއްވެވި އެވެ.

" މިއީ އެއްގޮތަކަށްވެސް އެފޯޑް ކުރެވޭނެ މިންވަރެއް ނޫން. އަޅުގަނޑުމެންގެ މާމަގެ ފައްޓަރުބައި ވިއްކާލިޔަސް މި ދަރަނި އަދާކުރުމަކީ ވާވަރުގެ ކަމެއް ނޫން"
– ރައީސް މުޙައްމަދު ނަޝީދު

ޗައިނާއަށް ދައްކަން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރަކީ "ދަރަނީގެ މަޅި" އެއް ގޮތުގައި ނަޝީދު ދާދި ފަހުން ވަނީ ސިފަ ކުރައްވައެވެ. އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާއަށް ދައްކަން ޖެހޭ ފައިސާ ބަޖެޓްގައި ޖަހަން ޖެހުމުގެ ސަބަބުން ބަޖެޓް ވަރަށް ބޮޑަށް "ހުތުރު" ވެފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ދަރަނި ދައްކަވާނީ ނެގި މިންވަރަށް ކަމަށެވެ.

"އަޅުގަނޑުމެން ނެގި އެއްޗެއް ދައްކާނަން، ރަތް މަސް ތެއްޔަކަށް ރަތް މަސް ތެއްޔެއް ދޭނަން، އެކަމަކު އިތުރަކަށް އެންމެ ލޭ ތިއްކެއް ވެސް ނުދޭނަން"
– ރައީސް މުޙައްމަދު ނަޝީދު

ޗައިނާއިން ދިވެހިރާއްޖެ ދަރަނިވެރި ކުރުވައިފި ކަމަށް އިންޑިއާގައި ހުންނަވައިގެންވެސް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ޗައިނާ އިން ލޯނާއި އެކި އެކި އެހީ ނަގައިގެން ކުރީގެ ސަރުކާރުން ހިންގެވި މަޝްރޫޢުތަށް ކަމުނުދާއިރު، ޗައިނާ އިން ނަގާފައިވާ ލޯނަށްވުރެ ދެފުށް ނުފެންނަ ގޮތަކަށް އިންޑިއާއިން ލޯނު ނަގަން މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *