ލޯނު ނުދެއްކިގެން، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ މަހުޖަނެއްގެ ސުޕަރ ޔޮޓް ބޭންކުން ވިއްކާލަނީ

ލޯނު ނުދެއްކިގެން، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ މަހުޖަނެއްގެ ސުޕަރ ޔޮޓް ބޭންކުން ވިއްކާލަނީ

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ޔޫރަޕާއި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ މަހުޖަނެއްގެ ސުޕަ ޔޮޓު ވިއްކާލުމަށް ޖޭޕީ މޯގަންއިން ނިންމައިފިއެވެ.

75 މިލިއަން ޑޮލަރުގެ މި އަގު ބޮޑު ސުޕަރ ޔޮޓުގެ ވެރިފަރާތަކީ އެމެރިކާ، އިންގިރޭސިވިލާތް އަދި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތެކެވެ. މިއަހަރު މާރޗްމަހުން ފެށިގެން، އަޒިއޯމާ ނަމަކަށް ކިޔާ މި ސުޕަރ ޔޮޓް ގިބްރޯލްޓާގައި ޖޭޕީ މޯގަންއިން ހިފަހައްޓާފައިވަނީ ޔޮޓުގެ ވެރިފަރާތްކަމަށްވާ ޑިމިޓްރިވިކް ޕަމްޕީޔަންކްސީ ޖޭޕީ މޯގަންއިން ނަގާފައިވާ 20 މިލިއަން ޑޮލަރުގެ ލޯނު އޭނާ ނުދެއްކުމާއި ގުޅިގެންނެވެ.

72.5 މީޓަރުގެ ދިގުމިން ހުރި މި ޔޮޓު ވިއްކާލުމުގެ ކަންކަން ކުރިޔަށް ދާނީ މި ހަފްތާގެ އަންގާރަ ދުވަހު ބްރިޓިޝްން އޯވަސީސް ޓެރިޓޮރީސް އެޑްމިރަލްޓީ ކޯޓުގައެވެ.

އަޒިއޯމާ ޔޮޓަކީ، ރަޝިއާއިން ޔޫކުރެއިންއަށް އެރުމާއި ގުޅިގެން، އޭގެ ފަހުން އެކި ސަބަބަތަކާއެކު ހިފަހައްޓާފައިވާ ރަޝިއާގެ މަހުޖަނުންގެ ސުޕަރ ޔޮޓްތަކުގެ ތެރެއިން ވިއްލާމަށް އަދި ހަމަޖެހުނު ފުރަތަމަ ޔޮޓެވެ.

މި ޔޮޓަކީ 12 މީހުންނަށް ނިދޭ 6 ކޮޓަރި އާއި 20 ކުރޫންގެ ޖާގަ ހުރި ޔޮޓެކެވެ. އޭގެ އިތުރުން ސުވިމިންގ ޕޫލްއަކާއި، ޖަކޫޒީއައި، ސްޕާއަކާި 3-ޑީ ސިނަމާއަކާއި، ޖެޓް ސްކީގެ އިތުރުން ސްކޫބާ ޑައިވިންގ ސާމާނުވެސް މި ސުޕަރ ޔޮޓުގައި ހިމެނެއެވެ.

މި ޔޮޓު ވިއްކައިގެން ލިބޭ ފައިސާތައް ދިއުމަށް ހަމަޖެހިފައިވަނީ ޖޭޕީ މޯގަންއަށެވެ.

ޕަމްޕްޔަންސްކީއަކީ ސްޓީލް ޕައިޕް އުފައްދާ އޯކު ޓީއެމްކޭ ކުންފުނީގެ ޗެއަރމަން އަދި ވެރިފަރާތެވެ. އޭނާމެ މިލިކއްިޔާތު 1.84 ބިލިއަން ޑޮލަރަށް އަރައެވެ. އޭނާއަކީ ރަޝިއަގެ ސަރުކާރުގެ ހަކަތަ ކުންފުނި ކަމުގައިވާ ގަސްޕްރޮމް ކުންފުނީގެ ސަޕްލަޔަރެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *