އެމްޑިޕީގައި ޚިޔާލުތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމާއި، ތަފާތު ޚިޔާލުތަކަށްވެސް ޖާގަ އޮންނާނޭ ކަމުގައި ރައީސް ސާލިހު ވިދާޅު ވެއްޖެއެވެ.
މި ކުރިޔަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެހެންނަމަވެސް އޮތް ހަމަ އެކަނި ގޮތަކީ ޚިޔާލުތަފާތުވުންތަކާއެކުވެސް އަދި ތަފާތު ޚިޔާލުތަކާއެކުވެސް ކުރިޔަށް ދިއުން ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
އަދި ރައީސް ސާލިހު ވިދާޅުވީ އެކި ކަންކަމުގައި އެކި މިންވަރަށް އަބަދުވެސް ޚިޔާލުފަތާތުވުން އޮންނާނޭ ކަމަށާއި، އެހެންނަަމަވެސް އެމްޑީޕީއަކީ ޚިޔާލުތަފާތުވުންތަކަށް ހައްލު ހޯދާ ޕާޓީއެއް ކަމުގައެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެޑައިގެންނެވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނައި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެމްޑީޕީގެ ދަންމަރު ނިއްވާލެވެން ނެތް ކަމުގައެވެ.
ކުރެވޭ އިޝާރާތަކުން ބުނެވޭ ބަހަކުން ނުވަތަ ހީވާހީވުމަކުންވެސް މީހާގެ އަޖަލު/ އޭނާގެ ދޮރުގާ ޓަކި ޖަހާފާނެ. އެކަމަށް ވަކި އިރެއް ހިނދެއް/ މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް. ވަންނާކަށް ވަކި ގެއެއް ދައްކާކަށް ކޯޓު އަމުރެއް ފުރިހަމަ ކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯވޭ. މިއީ އެ ދުވަހުގެ ހާލަތު އޮތް ގޮތް. ނައްތާލަން ބޭނުންވީ މި ދެންނެވި ބިރުވެރިކަން. ބޭއިންސާފާ ލާއިންސާނިއްޔަތާ އަނިޔާ. ހަމައެކަނި މި ބަދަލަށް ބެލި ނަމަވެސް އެމްޑީޕީ އަށް/ މި ޕާޓީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ހައްގުވާ ތައުރީފުގެ ކޮޅެއް ނެތް.
ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ވާހަކަފުޅުގައި ފާއިތުވި 17 އަހަރުތެރޭގައި އެމްޑީޕީން ހާސިލްކުރި ކާމިޔާބީޔަކުގެ މައްޗަށާއި، އަދި ފާއިތުވި 4 އަހަރުތެރޭ ސަރުކާރުން ރައްޔިތުންނަށްޓަކާއި ކޮށްދީފައިވާ ކަންކަމުގެ މައްޗަށްވެސް ވަނީ ބައްލަވާލައްވާފައެވެ.
ރައީސް ވިދާޅުވެފައިވަނީ އެމްޑީޕީއަށް މިހާހިސާބަށް އާދެވުނީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި، އެހުރިހާ ފަރާތްތަަށް ރައީސް ސާލިހުވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ