އެމްޑީޕީގެ ކޮންގްރެސް: ރިޔާސީއާއި ޕްރައިމަރީއާއި ގުޅޭ އެއްވެސް މަސައްކަތެއް އެޖެންޑާގަ ނެތް!

އެމްޑީޕީގެ ކޮންގްރެސް: ރިޔާސީއާއި ޕްރައިމަރީއާއި ގުޅޭ އެއްވެސް މަސައްކަތެއް އެޖެންޑާގަ ނެތް!

Author
ހުސެއިން
19 އޮގަސްޓް 2022 07:52
0

ރައީސް ސާލިހުގެ ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސް މިރޭ ފެށުމަށް ތައްޔާރު ވެފައިވާއިރު، ކުރިޔަށް އޮތް އެޕާޓީގެ ރިޔާސީ ޕްރައިމަރީއާއި ގުޅޭން އެއްވެސް މަސައްކަތެއް ނުހިމަނާ ކޮންގްރެސްގެ އެޖެންޑާ އާންމު ކޮށްފިއެވެ.

ދެ ދުވަހަށް ކުރިޔަށްދާ މި ކޮންގްރެެސްގެ އެޖެންޑާއި ރިޔާސީ ޕްރައިމަރީގެ އިތުރުން އަސާސީ ގައިވާއިދަށް ގެންނަ އިސާލާހެއްވެސް އެޖެންޑާގައި ހިމެނިފައެއް ނުވެއެވެ. ފާހަކޮށްލެވޭ އައިޓަމެއްގެ ގޮތުން އެޖެންޑާގައި ހިމަނާފައިވަނީ ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ އިސްލާހު އެކަންޏެވެ. މިއައިޓަމް އެޖެންޑާ ކޮށްފައިވަނީ ކޮންގްރެސްގެ ފަހު ދުވަހުގެ އެންމެ ފަހުގެ އައިޓަމެއްގެ ގޮތުގައެވެ.

މީގެ އިތުރުން މި ކޮންގްރެސްއަށް އެޖެންޑާ ކޮށްފައިވަނީ ފާޓީގެ ރައީސް ކޮންގްރެސްގެ މެމްބަރުންނާއި މުޚާތަބަކޮށް ވާހަކަ ދެއްކެވުމުގެ އިތުރުން، ގައުމީ މަޖިލިހުގެ ރިޕޯޓު އިއްވުމާއު، މުވައްސަސާތަކުން ކޮންގްރެސްގެ ބައިވެރިނަށް މައުލޫމާތު ދިނުމެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވިގެން މިދަނީ، ރައީސް ސާލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝިދުގެ މެދުގައި ޚިޔާލުތަފާތުވެ ޕާޓީ ބައިބައި ވެފައި ވަނިކޮށެވެ،

އެހެންނަމެވެސް މި ކޮންގްރެސްގައި ދެ ރައީސުންވެސް އެކީގައ ފެނިގްނެދާނެއެވެ.

މިރޭ 8:30ގައި ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްގެ މިރޭގެ ދަންފަޅި ކުރިޔަށްދާނީ ޖަލްސާއެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.