ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ މިރޭ ފަށާ ކޮންގްރެސްގެ ފަހުން ބާއްވާ ޕްރައިމަރީއަކުން ކަމުގައި އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ރިޔާސީ ކެނޑިޑޭޓް ކަނޑައަޅެޅުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވާތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަހުމަދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާނެ ގޮތެއް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވާކަމަށެވެ.
މިރޭ ފަށާ އެމްޑީޕީގެ ކޮންގްރެސްގައި ރިޔާސީ ކެނޑިޑޭޓާއި ގުޅޭ އެއްވެސް މައްސަލައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ އިސްލާހެއްވެސް ނެތްކަމަށެވެ. އެމްޑީޕީން ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ މިރޭ ފެށޭ ކޮންގްރެސް ނިމުމަށްފަހު ބާއްވާ ޚާއްސަ އިންތިޚާބަކުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ސީދާ ތާރީހެއް އޭނާ ވިދާޅުވެފައި ނުވެއެވެ.
މިރޭ ބާއްވާ ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކާއިމެދު އުފައްދަމުންދާ ޤާނޫނީ ސުވާލުތަކާއި ގުޅިގެން އަހުމަދު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވާ ހުރިހާ ގޮފިތަކާއި ރައީސުންނަކީ ޕާޓީގެ އަސާސީ ގަވާއިދުގައި ވާ ގޮތުގެ މަތީން ޖާގަ ލިބިދޭ ފަރާތްތަކައް ކަމަށެވެ.
މިހާތަނަށް މައްސަަލަ ހުށަހެޅުނީ 3 ގޮތްޕަކާއި ގުޅޭގޮތުން ކަމަށާއި، އެމައްސަލަތައް ޕާޓީ އޮފީހުން ބަލަމުންދާކަމަށެވެ.
ކޮމެންޓު ފޮނުވާ