ނިޒާމީ ވޯޓުގެ ތެރެއަށް ރައީސް ވަދެގެން ނުވާނެ، ރައްޔިތުންނަށް ޖެއްސުން ނުކުރައްވާ: ނަޝީދު

ނިޒާމީ ވޯޓުގެ ތެރެއަށް ރައީސް ވަދެގެން ނުވާނެ، ރައްޔިތުންނަށް ޖެއްސުން ނުކުރައްވާ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2022 01:20
0

ވެރިކަމުގެ ނިޒާމާ ގުޅޭ ވާހަކައިގެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަދެވަޑައިގަންނަވަން ނުޖެހޭ ކަމަށާއި އެއީ އެ މަނިކުފާނާ އެއްގޮތަށް ވެސް ގުޅޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ ނިޒާމީ ވާހަކައިގެެ ތެރެއަށް ރައީސް ވަދެވަޑައިގަންނަވަން އެއްގޮތަކަށް ވެސް ޖެހިވަޑައިނުގަންނަވާ ކަމަށާއި އެއީ ހަގީގަތުގައި ރައީސްއާ ބެހޭ ވާހަކައެއް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ ތަންތަނުގައި ތިބޭ ވިސްނޭ ވެރިން މިފަދަ ގޮތަކަށް ނަގާ ވޯޓުގެ ތެރެ އަށް ވަދެވަޑައިނުގަންނަވާނެ ކަމަށެވެ.

ވަރަށް ބޮޑު ހިތާމައެއް މުށްބާރުކޮށް ނުވަތަ މި ބާވަތުގެ ނިޒާމީ ވާހަކައަކަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަންނަވާކަށް އެއްގޮތަކަށް ވެސް ޖެހިވަޑައެއްނުގަންނަވާ. މިއީ އެއްގޮތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ވެސް ވާހަކައެއް ނޫން.

– ނަޝީދު ވިދާޅުވިއެވެ.

ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނަޝީދު މިރޭ ވިދާޅުވީ ތަންތަނުގައި ތިބޭ ވިސްނޭ ވެރިން އެފަދަ ގޮތަކަށް ނަގާ ވޯޓުގެ ތެރެ އަށް ވަދެވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިނުގަންނަވާ ކޮން ކޮޅެއްގައިތޯ އެބޭފުޅާ ހުންނެވީ ވިދާޅުވާކަށް. އެހެން ވިދާޅުވެއްޖެ ނަމަ ކޮންމެ ވެސް ދުވަހަކުން އަދި މި ވޯޓު ނުނެގިއެއް ނުދާނެ. އެއްގޮތަކަށް ވެސް ޝައްކު ނުކުރައްވާ.

– ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވިގޮތުގައި، ނިޒާމީ ވޯޓަށް ކެމްޕެއިން ކުރުން ނުހުއްޓޭނެއެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ގޮންނުޖެއްސެވުމަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުމަށް ނިންމާފައިވާ ޤަރާރު އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ސާލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެ ގަރާރު ޕާޓީގެ ތެރެއިން ފާސްވެއްޖެނަމަ އެކަމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހަށް އެ މައްސަލަ ވައްދާ ބަހުސް ކުރަންޖެހޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ނަސީދުއަށް ުރެ ބޮޑަކަންއެހެންމީީހަކަންޖެއްސުމެންނުކުރެވޭނެނަސީދުމުޅިގައުމަންކުރަންތިއުޅޭޖެއްސުންހުއްޓާލަވަގުތުންވަގުތަށް