ފްލައިޓަކުން މުދާ ބާލަނިކޮށް ކޮންޓެއިނަރެއް ވެއްޓި މުވައްޒަފަކަށް އަނިޔާވެއްޖެ

ފްލައިޓަކުން މުދާ ބާލަނިކޮށް ކޮންޓެއިނަރެއް ވެއްޓި މުވައްޒަފަކަށް އަނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2022 10:24
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މުދާ ބާލަނިކޮށް، ކޮންޓެއިނަރެއް ވެއްޓި އެމްއޭސީއެލްގެ މުވައްޒަފަކު ޒަހަމްވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ދުބާއީން ރާއްޖެ އައި އީކޭ ފްލައިޓުން ކާގޯ ބާލަނިކޮށެވެ. މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ޔަގީންކޮށްދީފައިވެއެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއާޕޯޓުގައި ހާދިސާ ހިނގާ މީހަކު ޒަހަމްވި ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބުނު ގޮތުގައި އެ މުވައްޒަފަށް ފަރުވާ ދޭން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ އަށް ވެފައިވާ އަނިޔާގެ ތަފުސީލެއް އަދި ލިބިފައި ނުވާއިރު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ނޭނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.